Advertisement

ޑެޕިއުޓީ ޕީޖީއަކަށް އައިޝަތު، އެސިސްޓަންޓް ޕީޖިއަކަށް ސާމީ އައްޔަނުކޮށްފި

10 މޭ 2025 - 11:53 2

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ޑެޕިއުޓީ ޕީޖީ އައިޝަތު އަދި އެސިސްޓަންޓް ޕީޖީ ސާމީ: އައިޝަތަކީ ޕީޖީގައި މިހާރު ހުރި އެންމެ ދުވަސްވީ އެއް ވަކީލު -- ގްރެފިކްސް: އިސްމާއިލް އިމްދާދު/އަދަދު


ޑެޕިއުޓީ ޕީޖީއަކަށް އައިޝަތު، އެސިސްޓަންޓް ޕީޖިއަކަށް ސާމީ އައްޔަނުކޮށްފި

10 މޭ 2025 - 11:53 2

ޖިނާއި ކުށްތަކާ ގުޅިގެން ރާއްޖޭގެ ކޯޓުތަކުގެ ދައުލަތުގެ ފަރާތުން ދައުވާ އުފުލުމުގެ ޒިންމާ މަތިކޮށްފައިވާ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ އިސް ދެ މަގާމަކަށް ވަކީލުން ހަމަޖައްސައިފި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފް މި މަގާމުތަކަށް ވަކީލުން އައްޔަނު ކުރިކަން އެ އޮފީހުން މިއަދު ވަނީ ހާމަކޮށްފަ އެވެ.

އެގޮތުން، ޑެޕިއުޓީ ޕީޖީއަކަށް ހަމަޖެއްސި އައިޝަތު މުހައްމަދަކީ ސީނިއާ ޕަބްލިކް ޕްރޮސެކިއުޓަރެއްގެ މަގާމުގައި ހުންނެވި ވަކީލެކެވެ. ޑެޕިއުޓީ ޕީޖީގެ މަގާމުގައި ހުންނެވި މަހްމޫދު ސަލީމް އާއެކު ޕީޖީ އޮފީހުގައި ދެ ޑެޕިއުޓީ ޕީޖީން ތިއްބަވާނެ އެވެ.

ޑިސެމްބަރު 14، 2011 އިން ފެށިގެން ޕީޖީ އޮފީހުގައި ވަޒީފާ އަދާކުރަމުންދާ އައިޝަތަކީ މި ވަގުތު އެ އޮފީހުގައި މަސައްކަތް ކުރައްވާ އެންމެ ސީނިއާ އަދި އެންމެ ދިގު މުއްދަތެއްގައި ހިދުމަތް ކުރެއްވި އެއް ވަކީލެވެ.

އެސިސްޓަންޓް ޕީޖީއަކަށް އައްޔަނު ކުރީ ޖުލައި، 2018 އިން ފެށިގެން އެ އޮފީހުގައި ވަކީލެއްގެ ގޮތުގައި ހިދުމަތް ކުރައްވަމުން ގެންދެވި ހުސައިން ސާމީ އެވެ.

ސާމީ އެ މަގާމަށް އައްޔަނު ކުރުމާ އެކު ޕީޖީ އޮފީހުގައި ޖުމުލަ ފަސް އެސިސްޓަންޓް ޕީޖީން ތިއްބަވާނެ އެވެ. އެއީ ސާމީގެ އިތުރުން ހުސައިން ނާޝިދު، ޝަމްރާ ޝަމީމް، އަބްދުالله ރާބިއު އަދި މަރިޔަމް ފެޒްލީން އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމަށް ޖޭއެސްސީން ބެލި މައްސަލާގައި ކްރިމިނަލް ކޯޓުގެ ދެ ފަނޑިޔާރަކަށް ސަރުކާރުގެ ފަރާތުން ނުފޫޒު ފޯރުވުމުގައި ސާމީ މަސައްކަތް ކުރެއްވި ކަމަށް ރާއްޖޭގެ މީޑިއާއަކުން ރިޕޯޓު ކޮށްފައިވެ އެވެ. އޭނާއާ އެ މަސައްކަތް ހަވާލު ކުރީ ރައީސް އޮފީހުގެ ލީގަލް ޑިޕާޓްމަންޓާ ހަވާލުވެ ހުރުމަށް ފަހު ޕީޖީއަކަށް ވަޑައިގެންނެވި އައްބާސް ކަމަށް ވެސް ރިޕޯޓުކޮށްފައިވެ އެވެ.