Advertisement

ޒަވީ ޝައުގުވެރިވަނީ ޕްރިމިއާ ލީގަށް

10 މޭ 2025 - 09:27 0


ޒަވީ ޝައުގުވެރިވަނީ ޕްރިމިއާ ލީގަށް

10 މޭ 2025 - 09:27 0

މެޑްރިޑް (މެއި 10) - ކޯޗިންގައި ދެން ޓީމަކާ ހަވާލުވާއިރު، އެންމެ ބޮޑަށް ޝައުގުވެރިވަނީ އިނގިރޭސި ޕްރިމިއާ ލީގުގެ ޓީމަކާ ހަވާލުވުމަށް ކަމަށް ބާސެލޯނާގެ ކުރީގެ ކޯޗު ޒަވީ ހެނާންޑޭޒް ބުނެފި އެވެ.

ބާސެލޯނާގެ ކޯޗަކަށް ޒަވީ ހަަމަޖެއްސީ، 2021 ވަނަ އަހަރު ނޮވެމްބަރު މަހު އެވެ. އެ ޓީމުގެ ކޯޗުކަމުން ޒަވީ ވަކިކުރީ މިދިޔަ އަހަރުގެ މެއި މަހު އެވެ. ބާސެލޯނާގެ ކޯޗުކަމުން ވަކިވި ފަހުން އެއްވެސް ޓީމަކާ ހަވާލުނުވެ ހުރި ޒަވީ، އަށް، މިވީ އަހަރެއްހާ ދުވަހުގެ ތެރޭގައި އެކި ޓީމުތަކުގެ އޮފާ ލިބުނު ނަމަަވެސް އޭނާ އެއްވެސް ޓީމެއްގެ ހުށަހެޅުން ގަބޫލުކޮށްފައެއްނުވެ އެވެ.

ދާދި ފަހުން، ދި އެތުލެޓިކަށް ދިން އިންޓަވިއުއެއްގައި ޒަވީ ބުނެފައިވަނީ، ޕްރިމިއާ ލީގަށް ޝައުގުވެރިވާ ކަމަށެެވެ.

"ޔަގީންކަމެއް އަހަރެން ޕްރިމިއާ ލީގަށް ޝައުގުވެރިވޭ، އެކަމަކު، ދެން ފެންނާނީ ވަކި ޓީމެކޭ ބުނަން އުނދަގޫ، އަވަސް އަރުވާލައިގެން ޓީމެއް ނެގުމަށް ވުރެ ރަނގަޅު ވަގުތުގައި ރަނގަޅު ޕްރޮޖެކްޓަކާ އެކު ކުރިއަށްދިއުން މުހިންމީ،" ގަތަރާއި ސްޕެއިނުގައި މީގެ ކުރިން ކޯޗިން މަސައްކަތްކުރި ޒަވީ ބުންޏެވެ.

"އަހަރެން ޕްރިމިއާ ލީގުގައި ކޯޗިން މަސައްކަތް ކުރަން ޝައުގުވެރިވަނީ، ޕެޝަން ފެނިފައި. މި ވަގުތު ސްޕެއިނުގައި (ސްޕެއިން ފުޓްބޯޅައިގައި) ވަރަށް ބޮޑަށް އޮތީ ނަތީޖާ އަށް ބަލައިގެން ކުރާ މަސައްކަތްތަކެއް،"

ބާސެލޯނާއާ ހަވާލުވުމުގެ ކުރިން ޒަވީ ވަނީ ގަތަރުގެ އަލް ސާދަށް ވެސް ކޯޗުކޮށްދީފަ އެވެ. ޒަވީގެ ކޯޗުކަމުގައި ބާސެލޯނާ އިން ވަނީ ސްޕެނިޝް ސުޕަ ކަޕާއި ސްޕެނިޝް ލީގު ކާމިޔާބުކޮށްފަ އެވެ. ޒަވީ، މިދިޔަ އަހަރު ބާސެލޯނާގެ ކޯޗުކަމުން ވަކިވިއިރު، އޭނާގެ ކޮންޓްރެކްޓް އޮތީ މި އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.