9 މޭ 2025 - 15:04 0
ލީވާން އަލީ ނާސިރު
ހުޅުމާލެއިން ބަނގުރާ ފުޅިތަކެއް އަތުލައިގަތުން -- ފޮޓޯ: ފުލުހުން
9 މޭ 2025 - 15:04 0
ހުޅުމާލެ ފޭސް 1 ގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 500 އެމްއެލްގެ 40 ބަނގުރާ ފުޅިއާ އެކު ދެ ބިދޭސީން ރޭ ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ހުޅުމާލެ ފޭސް 1 އިން ބަނގުރާ ފުޅިތައް އަރުވައިގެން ދަނިކޮށް ހުއްޓުވައި ވޭންގައި ތިބި އިންޑިއާއަށް ނިސްބަތްވާ ތަލަޕަތީ ޕުގަޒެންދީ، 27 އަދި ރާޖަގޯޕާލް ސެލްވަގަނަޕަތީ، 47 ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެ ދެ މީހުން ދަތުރުކުރި ވޭން ޓޯކޮށް، މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ބަނގުރާލާ އެކު ހައްޔަރުކުރާ ބިދޭސީންގެ އަދަދު ދަނީ އިތުރުވަމުންނެވެ. މިދިޔަ މަހު ވެސް ފުލުހުން ހިންގި ދެ އޮޕަރޭޝަނެއްގައި މާލެ ސަރަހައްދުން ގިނަ އަދަދެއްގެ ބަނގުރަލާ އެކު ތިން މީހަކު ހައްޔަރުކުރި އެވެ.
Comment