Advertisement

ފުލުހުންގެ ނުވަ ޑިޕާޓްމަންޓެއްގެ އިސްވެރިން ބަދަލުކޮށްފި

ފުލުހުންގެ އިސްވެރިން ސީޕީ ސުޖާއު ރިޓަޔާކުރެއްވި ރަސްމިއްޔާތުގައި -- ފޮޓޯ: ޕޮލިސް


ފުލުހުންގެ ނުވަ ޑިޕާޓްމަންޓެއްގެ އިސްވެރިން ބަދަލުކޮށްފި

ފުލުހުންގެ މުއައްސަސާއަށް އާންމުންގެ ފާޑުކިޔުން އަމާޒުވެފައި އޮތް ދަނޑިވަޅެއްގައި އެ މުއައްސަސާގެ އިދާރީ ހިންގުމުގައި ހިމެނޭ ނުވަ ޑިޕާޓްމަންޓެއްގެ އިސްވެރިން ބަދަލުކޮށްފި އެވެ.

ފުލުހުން ބުނީ ބަދަލުތައް ގެނައި ބަހާތަކަކީ އިކޮނިމިކް ކްރައިމް އިންވެސްޓިގޭޝަންސް، ޑްރަގް އެންފޯސްމަންޓް، ގޭންގް ކްރައިމް އެންފޯސްމަންޓް، ކައުންޓާ ނާކޮޓިކްސް އޮޕަރޭޝަންސް، ތިލަމާލެ ޕޮލިސް، ޓްރެފިކް ޕޮލިސް، ސްޕެޝަލިސްޓް ޓެކްޓިކަލް ރެސްޕޮންސް، ކަސްޓޯޑިއަލް ސްޓޭންޑާޑްސް އެންޑް ޑިވޮލަޕްމަންޓް އަދި ޕްރޮޓެކްޓިވް ސެކިއުރީ ކަމަށެވެ.

"ދިވެހި ފުލުހުންގެ ހިދުމަތުން މި ބަދަލުތައް ގެނެސްފައިވަނީ އިދާރީ ހިންގުން އިތުރަށް ހަރުދަނާކޮށް، ހިދުމަތުގެ ފެންވަރު މަތިކުރުމުގެ ގޮތުން،" ފުލުހުން ބުންޏެވެ.

ފުލުހުންގެ ނުވަ ބަހާއަށް އައްޔަންކުރި އާ އިސްވެރިން:

  1. ހެޑް އޮފް އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންގެ މަގާމަށް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ރަޝީދު.
  2. ހެޑް އޮފް ޑްރަގް އެންފޯސްމަންޓްގެ މަގާމަށް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު މުސްލިމް.
  3. ހެޑް އޮފް ގޭންގް ކްރައިމް އިންވެސްޓިގޭޝަންގެ މަގާމަށް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ސަބާހް.
  4. ހެޑް އޮފް ކައުންޓާ ނާކޮޓީކްސް އޮޕަރޭޝަންސްގެ މަގާމަށް ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް ފާތިހު މުހުއްމަދު
  5. ހެޑް އޮފް ތިލަމާލެ ޕޮލިސްގެ މަގާމަށް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރަޖުނީ ޝުއައިބު.
  6. ހެޑް އޮފް ޓްރެފިކް ޕޮލިސްގެ މަގާމަށް ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިބްރާހީމް އިމްރާން.
  7. ހެޑް އޮފް ސްޕެޝަލިސްޓް ޓެކްޓިކަލް ރެސްޕޮންސްގެ މަގާމަށް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިސްހާގު އާދަމްފުޅު.
  8. ހެޑް އޮފް ކަސްޓޯޑިއަލް ސްޓޭންޑާޑްސް އެންޑް ޑިވޮލަޕްމަންޓްގެ މަގާމަށް ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ޝަހީމް.
  9. ހެޑް އޮފް ޕްރޮޓެކްޓިވް ސެކިއުރިޓީގެ މަގާމަށް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ނާހިދު ހުސައިން.

މިދިޔަ މަހު މާލޭގެ އުސް އިމާރާތެއްގެ މަތިން ހައްވާ ޔުމްނު ރަޝީދު، 21، ވެއްޓުނު ހާދިސާއާ ގުޅިގެން ފުލުހުން އަމަލުކުރި ގޮތާ މެދު އާންމުންގެ މެދުގައި ބޮޑެތި ހިތްހަމަނުޖެހުންތައް އުފެދުނެވެ.

އެ ހާދިސާއާ ގުޅިގެން ޔުމްނުގެ ދިފާއުގައި ގިނަ އަދަދެއްގެ ޒުވާނުން މަގުމައްޗަށް ނިކުމެ އަޑު އުފުލުމާއެކު ޕޮލިސް ކޮމިޝަނަރު އަލީ ސުޖާއު މަގާމުން އިސްތިއުފާ ދެއްވުމަށްފަހު ރިޓަޔާކުރެއްވި އެވެ. މިހާރު ޕޮލިސް ކޮމިޝަނަރުކަމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވީ އިސްމާއިލް ނަވީން އެވެ.