Advertisement

ހުލާސާކޮށް އިއްޔެ: ރައީސް އާއި ޑިފެންސް މިނިސްޓަރުގެ ވާހަކަ ފުށޫ އެރުން

7 މޭ 2025 - 06:34 0

ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ސަލާން ކުރައްވަނީ. -- ފޮޓޯ: ރައީސް އޮފީސް


ހުލާސާކޮށް އިއްޔެ: ރައީސް އާއި ޑިފެންސް މިނިސްޓަރުގެ ވާހަކަ ފުށޫ އެރުން

7 މޭ 2025 - 06:34 0

އެހެން ގައުމުތަކާ އެކު ރާއްޖެއިން ހަދާފައިވާ އަސްކަރީ އެއްބަސްވުންތަކުގައި ހުރި ކަންބޮޑުވާންޖެހޭ ހުރިހާ ކަމެއް އިސްލާހު ކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް، އެ މަސައްކަތް އަދިވެސް ނުނިމޭ ކަމަށް ޑިފެންސް މިނިސްޓަރު، ގައްސާން މައުމޫން އިއްޔެ ވިދާޅުވި އެވެ.

ދިވެހިރާއްޖެއިން އެހެން ގައުމުތަކާއެކު ހަދާފައިވާ އަސްކަރީ އެއްބަސްވުންތަކުގެ މައުލޫމާތު އާންމު ނުކުރާ މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް ހާޒިރު ކުރުމުން، ގައްސާން ވިދާޅުވީ އެހެން ގައުމުތަކާއެކު ވެފައި ހުރި އަސްކަރީ އެއްބަސްވުންތަކުގައި ހުރި ކަންބޮޑުވާ ކަންކަން އިސްލާހު ކުރުމުގެ މަސައްކަތް މިހާރު ވެސް ކުރަމުންދާ ކަމަށެވެ.

"އެ އެއްބަސްވުންތައް ދެންމެ އިއްޒަތްތެރި މެންބަރު ތިޔަ އިޝާރާތް ކުރެއްވި ގޮތަށް ރައީސުލްޖުމްހޫރިއްޔާގެ ޕްރެސް ކޮންފަރެންސްގައި ވިދާޅުވެފައިވާ ގޮތުގެ މަތިން ދެ ގައުމުގެ ދޭތެރޭގައި އޮތް ގާތް ގުޅުމުގެ ތެރެއިން ދިވެހިރާއްޖޭގެ ސިޔާދަތާއި މިނިވަންކަމާއި އިސްތިގުލާލަށް އެއްވެސް ގެއްލުމެއް ނުވާ ގޮތަށް ބަދަލު ކުރެވި، އަދިވެސް ކުރެވެމުން އެބަދޭ،" އޭނާ ވިދާޅުވި އެވެ.

ގައްސާން ވިދާޅުވީ 1965 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ދިވެހިރާއްޖެ އާއި އިންޑިއާ އާ ދެމެދު 100 އެތައް އެއްބަސްވުމެއްގައި ސޮއިކޮށްފައިވީ ނަމަވެސް ޑިފެންސް މިނިސްޓްރީން ޒިންމާ ވާންޖެހޭ އޮތީ ހަތަރު އެއްބަސްވުން ކަމަށެވެ.

މިއަދުގެ މޫސުން


7 މެއި 2025, 10 ޛުލްޤަޢިދާ 1446, އަންގާރަ | ނަކަތް: ކެތި - އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ. ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި، ގުގުރުން އެކަށިގެންވޭ. - ވައިޖެހޭނީ ދެކުނާއި މެދުރާއްޖެތެރޭގެ އަތޮޅުތަކުގައި ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލަށް. އުތުރުގެ އަތޮޅުތަކުގައި ހުޅަނގާއި ހުޅަނގު އުތުރުން 10 މޭލާއި 20 މޭލަށް. ވިލާގަނޑުގައި 40 މޭލަށް - މެދުރާއްޖެތެރެ އާއި ދެކުނުގައި ކަނޑުތައް ގަދަވާނެ. އުތުރުގައި އާދައިގެ ވަރަކަށް ގަދަވެވެފައި، ވިލާގަނޑުގައި ގަދަވާނެ - ރާޅުގެ އުސްމިން ހުންނާނީ 4-7 ފޫޓު

ނަމާދު ވަގުތު

  • ފަތިސް 04:38
  • އިރުއަރާ 05:53
  • މެންދުރު 12:07
  • އަޞްރު 15:24
  • މަޣްރިބް 18:13
  • ޢިޝާ 19:28

މުހިއްމު ބައެއް ހަބަރު