6 މޭ 2025 - 13:21 0
ލީވާން އަލީ ނާސިރު
ފުވައްމުލަކުގައި ހުންނަ ޔޫރޯ ސްޓޯރުގެ ބިއްލޫރިގަނޑު ތަޅާލަފައި: މީގެ ކުރިން ވެސް މި ފިހާރައިން ސިނގިރޭޓުތަކެއް ވަގަށް ނަގާފައިވޭ -- ފޮޓޯ: އަދަދު
6 މޭ 2025 - 13:21 0
ފުވައްމުލައް ސިޓީގައި ހުންނަ ޔޫރޯ ސްޓޯރު ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލައި މަލްބަރޯ ބްރޭންޑުގެ ތިން ކޭސް ސިނގިރޭޓު ވަގަށް ނަގައިފި އެވެ.
ފުލުހުން ބުނީ ފުވައްމުލައް، މާލެގަން ޔޫރޯ ސްޓޯރުގެ ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލައި ތިން ކޭސް ސިނގިރޭޓު ވަގަށް ނެގި މައްސަލަ ރިޕޯޓުކުރީ މިއަދު ހެނދުނު 06:40 ހާއިރު ކަމަށެވެ.
އެ މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރު ނުކުރި ނަމަވެސް، މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ފުވައްމުލަކުގައި ހުންނަ ޔޫރޯ ސްޓޯރުގެ ގުދަނަކުން މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި 130 ކާޓަން ސިނގިރޭޓު ވަގަށް ނެގި މައްސަލައެއް ވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ސިނގިރޭޓު ކޭސްތައް ވަގަށް ނެގުން އިތުރުވެފައި މި ވަނީ މިދިޔަ ޑިސެމްބަރު މަހުން ފެށިގެން ދުންފަތުން ނަގާ ޓެކްސް ބޮޑު ކުރިފަހުން ސިނގިރޭޓުގެ އަގު ވަރަށް ބޮޑަށް މަތިވެފައި އޮއްވަ އެވެ.
Comment