Advertisement

ހުލާސާކޮށް އިއްޔެ: ބޭއިންސާފުގެ ވާހަކަ ދައްކަވަން ދެ ފަނޑިޔާރުން މަޖިލީހަށް ސިޓީއެއް

6 މޭ 2025 - 07:08 0

ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު މަހާޒު އަލީ ޒާހިރު


ހުލާސާކޮށް އިއްޔެ: ބޭއިންސާފުގެ ވާހަކަ ދައްކަވަން ދެ ފަނޑިޔާރުން މަޖިލީހަށް ސިޓީއެއް

6 މޭ 2025 - 07:08 0

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު އާއި މަހާޒު އަލީ ޒާހިރު މަގާމުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމީ ބޭއިންސާފުން ކަމަށް ވާތީ، ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި ހަގީގަތް ހާމަ ކުރެއްވުމުގެ ފުރުސަތަށް އެ ދެ ފަނޑިޔާރުން އެދިވަޑައިގެންފި އެވެ.

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ފޮނުއްވި ސިޓީއެއްގައި މަހާޒު ވިދާޅުވީ އޭނާ ދަށު ކޯޓަށް ނުފޫޒު ފޯރުވި ކަމަށް ބުނެ ބެލި މައްސަލައިގައި މަގާމުން ވަކި ކުރަން ނިންމާފައި ވަނީ، ޖޭއެސްސީއިން މައްސަލަތައް ބަލަންޖެހޭނީ އިންސާފުވެރިކޮށް ކަމަށް ގާނޫނުގައި ބުނެފައި އޮތް މާއްދާއާ ހިލާފަށް ކަމަށެވެ.

"މައްސަލަ ބެއްލެވި ކޮމިޓީއިން ކަނޑައެޅިގެން ގާނޫނުގައިވާ އިޖުރާއަތުތަކާއި ހިލާފަށް އަމަލުކޮށްފައިވޭ. މައްސަލަތައް ބެލުމުގައި އިންސާފުވެރިވުމަށް ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާނޫނުގެ 24 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލާ މުޅިން ހިލާފަށް މައްސަލަ ބެއްލެވި ކޮމިޓީން އަމަލުކޮށްފައިވޭ،" އެ ސިޓީގައި ވިދާޅުވެފައިވެ އެވެ.

"ތިޔަ އިއްޒަތްތެރި މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ހާޒިރުވެ، އަޅުގަނޑުގެ މައްޗަށް ހުށަހެޅުނު ސުލޫކީ މައްސަލައާ ގުޅޭ ގޮތުން ކޮމިޓީގެ އިއްޒަތްތެރި މެންބަރުންނަށް ހާމަކޮށްދިނުމަށް ބޭނުންވާ ހަގީގަތްތައް ހާމަކޮށްދިނުމުގެ ފުރުސަތު ފަހިކޮށް ދެއްވުން އެދެން."

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ފޮނުއްވި ސިޓީއެއްގައި އަޒްމިރާލްދާ އެދިވަޑައިގެންނެވީ ގާނޫނީ ވަކީލަކާއެކު ޖުޑިޝަރީ ކޮމިޓިއަށް ވަޑައިގެން، ޖޭއެސްސީގައި ފާހަގަ ކުރި ނުކުތާތައް ފާހަގަ ކުރުމުގެ ފުރުސަތަކަށެވެ.

"ޖުޑީޝަލް ސާވިސް ކޮމިޝަނުގެ އެ ނިންމުމަކީ ކަނޑައެޅިގެން ގާނޫނު އެއް ފަރާތްކޮށް، އަދުލު އިންސާފުގެ އެންމެ އަސާސީ އުސޫލުތަކާ ވެސް ހިލާފަށް ހިންގާފައިވާ ގައިރު ދުސްތޫރީ އިޖުރާއަތްތަކެއްގެ މައްޗަށް ހިންގާފައިވާ ތަހުގީގެއް މައްޗަށް ނިންމާފައިވާ ނިންމުމެއް،" ފަނޑިޔާރު ފޮނުއްވި ސިޓީގައި ވިދާޅުވެފައިވެ އެވެ.

މިއަދުގެ މޫސުން


6 މެއި 2025, 9 ޛުލްޤަޢިދާ 1446, އަންގާރަ | ނަކަތް: ބުރުނު - އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ. ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި، ގުގުރުން އެކަށިގެންވޭ. - ވައިޖެހޭނީ ހުޅަނގު ދެކުނާއި ހުޅަނގުން އަދި އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނދު އުތުރުން ގަޑިއަކު 10 މޭލާއި 20 މޭލަށް. ވިލާގަނޑުގައި 40 މޭލަށް - ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެވެފައި، ވިލާގަނޑުގައި ގަދަވާނެ - ރާޅުގެ އުސްމިން ހުންނާނީ 3-6 ފޫޓުގަ

ނަމާދު ވަގުތު

  • ފަތިސް 04:38
  • އިރުއަރާ 05:53
  • މެންދުރު 12:07
  • އަޞްރު 15:24
  • މަޣްރިބް 18:13
  • ޢިޝާ 19:28

މުހިއްމު ބައެއް ހަބަރު