5 މޭ 2025 - 13:20 0
އަހުމަދު އާއިދު
ޗައިނާގެ އައު ސަފީރު ރައީސް މުއިއްޒު އަށް މަގާމުގެ ފަތްކޮޅު އަރުވަނީ --- ފޮޓޯ: ރައީސް އޮފީސް
5 މޭ 2025 - 13:20 0
ޗައިނާއިން ރާއްޖެއަށް ކަނޑައެޅި އައު ސަފީރު، ކޮންގް ޝިއަންހުއާ ސަފީރުކަމުގެ ފަތްކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް އަރުވައިފި އެވެ.
މިއަދު ހެދުނު ރައީސް އޮފީހުގަ ޗައިނާ ސަފީރު ފަތްކޮޅު އަރުވަން ހާއްސަ ހަފުލާއެއް ވަނީ ބާއްވަފަ އެވެ. މި ހަފުލާގައި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު އާއި ސަރުކާރުގެ އިސްވެރިން އަދި ޗައިނާ އެމްބަސީގެ އިސް އޮފިޝަލުން ބައިވެރިވި އެވެ.
ރައީސް އޮފީހުން ބުނީ މަގާމުގެ ފަތްކޮޅު އެވުރުމަށްފަހު ރައީސް އާއެކު އައު ސަފީރު މަޝްވަރާތަކެއް ކުރިއަށް ގެންދިޔަ ކަމަށެވެ. މި މަޝްވަރާތަކުގައި ދެ ގައުމުގެ ގުޅުން ވަރުގަދަ ކުރުމަށާއި ރާއްޖޭގެ ބޭނުންތަކަށް ޗައިނާއިން އެހީތެރިކަން ދިނުމާ ގުޅޭގޮތުން ރައީސް އާއި ސަފީރު ވާހަކަ ދެއްކެވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ސަފީރު ކޮންގް ވަނީ ހާރިޖީ ވަޒީރު ހަލީލު އާވެސް ބައްދަލުކުރައްވާފަ އެވެ. މި ބައްދަލުވުމުގައި ވެސް ދެ ގައުމުގެ ގުޅުންތަކާ ބެހޭގޮތުން މަޝްވަރާ ކުރި ކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެ އެވެ.
ޗައިނާއިން ސަފީރުން އައްޔަންކުރަނީ ތިން އަހަރުގެ މުއްދަތަކަށެވެ. މީގެކުރިން ޗައިނާއަށް ރާއްޖެއަށް ކަނޑައަޅާފައި ހުރި ސަފީރު، ވާންގް ލީޖިން އެނބުރި ގައުމަށް ވަޑައިގެންނެވީ މިދިޔަ ޑިސެމްބަރު މަހު އެވެ.
އައު ސަފީރު ކޮންގް މީގެ ކުރިން އަދާކުރެއްވީ މުމްބާއީގައި ހުންނަވާ ޗައިނާގެ ކައުންސިލާ ޖެނެރަލްގެ މަގާމެވެ. އެ މަގާމުގައި އޭނާ ތިން އަހަރު ހޭދަކުރެއްވި އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment