Advertisement

މަސްތުގެ ހާލުގައި ހުރެ ލޯންޗެއް ދުއްވި މީހަކު ހައްޔަރުކޮށް ވަނަވަރު އާންމުކޮށްފި

މަސްތުގެ ހާލަތުގައި ހުރެ ލޯންޗު ދުއްވި މީހާ: އޭނާ ދުއްވި ލޯންޗު އެކްސިޑެންޓުވި -- ފޮޓޯ: ފުލުހުން


މަސްތުގެ ހާލުގައި ހުރެ ލޯންޗެއް ދުއްވި މީހަކު ހައްޔަރުކޮށް ވަނަވަރު އާންމުކޮށްފި

ކ. އަތޮޅު ވާދޫ ރިސޯޓު ދިމާ ކަނޑުއޮޅީގެ ބޭރުން ލޯންޗަކާއި ފެރީ ދޯންޏެއް ޖެހި ހިނގި އެކްސިޑެންޓާއި ގުޅިގެން މަސްތުގެ ހާލަތުގައި ހުރެ ލޯންޗެއް ދުއްވި މީހަކު ހައްޔަރުކޮށް ވަނަވަރު ހާމަކޮށްފި އެވެ.

ފުލުހުން ބުނީ ރޭ 7:26 ހާއިރު ލިބުނު އެކްސިޑެންޓު ރިޕޯޓާ ގުޅިގެން އެ ސަރަހައްދަށް ގޮސް ލޯންޗު ދުއްވި މ. ކޮޅުފުށި، ޒަހީރާމަންޒިލް ނާޝާދު ވަލީދު މުހައްމަދު، 40 މަސްތުގެހާލަތުގައި ހުރިކަން ދެނެގަނެވި، އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

ލޯންޗާއި ދޯނި ޖެހި އެ އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެކްސިޑެންޓުގެ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

ލޯންޗުތައް ބާރު ސްޕީޑުގައި ދުއްވާ މައްސަލަ ފަހަކަށް އައިސް ބޮޑުވެ، އެފަދަ މައްސަލަތައް ފުލުހުން ތަހުގީގުކޮށްފައިވެ އެވެ.