Advertisement

ނެއްލައިދޫ ރައްޔިތުން އިގުތިސޯދީ މަސައްކަތް ކުރަން ހިރިނައިދޫ ދީފި

30 އޭޕްރީލް 2025 - 21:08 0

ނެއްލައިދޫ ކައިރީގައި އޮންނަ ހިރިނައިދޫ: މި ރަށުގެ ބޮޑުމިނަކީ ހަތް ހެކްޓަރު -- ފޮޓޯ: ޝަޓާސްޓޮކް


ނެއްލައިދޫ ރައްޔިތުން އިގުތިސޯދީ މަސައްކަތް ކުރަން ހިރިނައިދޫ ދީފި

30 އޭޕްރީލް 2025 - 21:08 0

ހދ. ނެއްލައިދޫ ރައްޔިތުންނަށް އިގުތިސޯދީ މަސައްކަތް ކުރެވޭ ގޮތަށް އެ ރަށާ ކައިރީގައި އޮންނަ ހިރިނައިދޫ އެ ރަށުގެ ބަޔެއްގެ ގޮތުގައި މިއަދު ކަނޑައަޅައިފި އެވެ.

ނެއްލައިދޫގެ ބަޔެއްގެ ގޮތުގައި ހިރިނައިދޫ ކަނޑައެޅުއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ނެރުއްވި ގަރާރަކުންނެވެ. އަދި މި ރަށް ވަނީ މީހުން ދިރިއުޅޭ ރަށްތަކުގައި ލިސްޓުގައި ވެސް ނެއްލައިދޫގެ ބަޔެއްގެ ގޮތުގައި އިތުރުކޮށްފަ އެވެ.

ހިރިނައިދޫގައި ނެއްލައިދޫ ރައްޔިތުންނަށް އިިގުތިސޯދީ މަސައްކަތް ކުރެވޭނެ މަގުފަހި ކޮށްދޭނެ ރައީސް ވިދާޅުވީ މިދިޔަ އަހަރުގެ ފެބްރުއަރީގައި ހދ. އަތޮޅަށް ކުރެއްވި ދަތުރުގައި، އެ ރަށަށް ވަޑައިގެން ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކައިގަ އެވެ.

ހިރިނައިދޫއަކީ ހަތް ހެކްޓަރުގެ ރަށެކެވެ. މި ރަށާ ނެއްލައިދޫއާ ކިލޯމީޓަރެއްގެ ދުރުމިން ވެސް ނުހުރެ އެވެ. ނެއްލައިދޫ ކައުންސިލުން މި ރަށް ދޭން އެދުނީ ކައުންސިލުތަކަށް ފަޅު ރަށްތައް ދޭން ސަރުކާރުން އިއުލާންކުރުމުންނެވެ.