Advertisement

ދިރިއުޅުމަށް ދޫކުރާ ފްލެޓު ކުއްޔަށް ދޭ މީހުންގެ އަތުން އެ ތަންތަން އަތުލެވޭނެ ގޮތެއް ގާނޫނުގައި ހިމަނަންޖެހޭ: ހުސެއިން

29 އޭޕްރީލް 2025 - 15:09 4

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ހުޅުމާލެ އުތުރު ދާއިރާގެ މަޖިލިސް މެންބަރު، ހުސައިން ޝަރީފް -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


ދިރިއުޅުމަށް ދޫކުރާ ފްލެޓު ކުއްޔަށް ދޭ މީހުންގެ އަތުން އެ ތަންތަން އަތުލެވޭނެ ގޮތެއް ގާނޫނުގައި ހިމަނަންޖެހޭ: ހުސެއިން

29 އޭޕްރީލް 2025 - 15:09 4

ދިރިއުޅުމަށް ސަރުކާރުން ދޫކުރާ ފްލެޓު ކުއްޔަށް ދޭ މީހުންގެ އަތުން އެ ތަންތަން އަތުލެވޭނެ ގޮތެއް ގާނޫނުގައި ހިމަނަން ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު، ހުސައިން ޝަރީފް ގޮވައިލައްވައިފި އެވެ.

މަޖިލީހަށް މިހާރު ހުށަހަޅާފައި އޮތް ބޯހިޔާވަހިކަމުގެ ބިލަށް ބަހުސް ކުރައްވަމުން ހުސެއިން ވިދާޅުވީ މިހާރު ކަން ހިނގާ ގޮތުން ބޯހިޔާވަހިކަމަށް އެންމެ ބޭނުންޖެހިފައިވާ މީހާ ބާކީވެ ހައްގު ނޫން މީހުންނަށް ފްލެޓު ފަދަ ސަރުކާރުން ފޯރުކޮށްދޭ ބޯހިޔާވަހިކަން ލިބެމުންދާ ކަމަށެވެ.

އެކަން އެހެންވިޔަ ނުދިނުމަށްޓަކައި ބޯހިޔާވަހިކަމުގެ ގާނޫނު ފާސްކުރާއިރު، އެގޮތަށް ހައްގު ނޫން މީހުންނަށް ދީފައި ހުންނަ ފްލެޓުތައް އަތުލެވޭނެ ބާރު ގާނޫނުން ހޯދައިދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"[ފްލެޓު ދެވޭ ފަރާތަކީ] އެ ފަރާތަކީ ހައްގު ނޫން ފަރާތަކަށްވެފައި އެ ފަރާތަށް ދެވިއްޖެ ކަމުގައި ވާނަމަ އެ ފަރާތެއްގެ އަތުން އެ ފްލެޓު އަތުލައި ހައްގު ފަރާތަށް ފްލެޓު ދިނުމަށްޓަކައި އެކަމަށް ގާނޫނީ ގޮތުން ފުރިހަމަ ކުރަންޖެހޭ އިޖުރާއަތެއް އޮތް ކަމުގައި ވާނަމަ އެ އިޖުރާއަތެއް ވެސް މި ބިލުގެ ތެރެއަށް ފުރިހަމަ ކޮށްގެން ލައިގެން އަޅުގަނޑުމެން މި ބިލު ރަނގަޅަށް ފަރުމާ ކުރަންޖެހޭ،" ހުސެއިން ވިދާޅުވި އެވެ.

ހުސެއިން ވިދާޅުވީ ސަރުކާރުން ފޯރުކޮށްދޭ ބޯހިޔާވަހިކަން ލިބެން ޖެހޭނީ އެކަމަށް އެންމެ ބޭނުން ޖެހިފައިވާ މީހާއަށް ކަމަށެވެ. ނަމަވެސް ކަން ހިނގަމުން ދަނީ އެހެން ނޫންކަން ފާހަގަ ކުރައްވައި ހުސެއިން ވިދާޅުވީ ހިޔާ ސަރަހައްދުން ވެސް ހައްގު ނޫން ބަޔަކަށް ފްލެޓު ލިބިފައިވާ ކަމަށެވެ.

"މިއަދު އަޅުގަނޑުމެންނަށް އެނގެނީ ހިިޔާ ސަރަހައްދުގައި އެތައް ފްލެޓެއް އިމާރާތް ކުރެވިފައިވާއިރުގައި، އެތަނުގައި ހައްގު ނޫން ފަރާތްތައް ދިރިއުޅެމުން އެބަދޭ، އެމީހުން އުޅެނީ ކުއްޔަށް، އެތަން ދީފައި އެތަން ލިބުނު މީހުން އުޅެނީ ރާއްޖެއިން ބޭރުގައި،" ހުސައިން ވިދާޅުވި އެވެ.

މި ސަރުކާރު ވެރިކަމަށް އައިސް ހިޔާ ފްލެޓުތަކަށް ކޮންމެ މަހަކު ކުލީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ 4000 އަށް ކުޑަކޮށްދީފައިވާއިރު، ހިޔާ ފްލެޓުތައް ކުއްޔަށް ދީފައި ހުންނަނީ 18،000ރ. އަށް ކަމަށް ހުސައިން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސަރުކާރަކުން ފޯރުކޮށްދޭ އަސާސީ ހިދުމަތެއް ވިޔަފާރި އުސޫލުން ބޭނުން ކުރުމުގެ ފުރުސަތު ގާނޫނަކުން މަނާ ކުރަންޖެހޭ ކަމަށެވެ.