Advertisement

ޑރ. ޖެރާޑްގެ އުފެއްދުންތައް އަނެއްކާވެސް ރާއްޖޭގައި

29 އޭޕްރީލް 2025 - 10:28 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ޑރ. ޖެރާޑްގެ އުފެއްދުންތައް އަނެއްކާވެސް ރާއްޖޭގައި

29 އޭޕްރީލް 2025 - 10:28 0

އަރިއާމް ޕްރައިވެޓް ލިމިޓެޑުން ރާއްޖެ އެތެރެކޮށް މާކެޓްކުރާ ޑރ ޖެރާޑް ބްރޭންޑްގެ ބިސްކޯދާއި ލުއި ކާނާގެ އެކި ބާވަތްތައް އަނެއްކާ ވެސް އެ ކުންފުނިން ރާއްޖޭގެ ބާޒާރަށް ނެރެފި އެވެ.

ޕޮލެންޑުގެ މި އު ފެއްދުންތަކަކީ ދިވެހިންގެ މެދުގައި މަގުބޫލުވެގެން އައި އުފެއްދުންތަކެކެވެ. މެދުކެނޑުމަކަށް ފަހު މި އުފެއްދުންތައް ގެނެސްފައިވަނީ މިދިޔަ ކުޑަ އީދަށް ފަހު އެވެ.

ބިސްކޯދު, ކޭކް, ޗޮކްލެޓް ބޯލްސް އަދި މި ނޫން ވެސް ލުއި ކާނާގެ ތަފާތު ބާވަތްތައް ޑރ. ޖެރާޑް ބްރޭންޑްގެ ދަށުން ރާއްޖެ އެތެރެކުރެ އެވެ.

"36 ބާވަތެއް އެބައުޅޭ މީގަ, ސްކޫލް ކުދިން އިންޓަވަލްއަށް ވެސް އަދި ސްނެކްސްގެ ގޮތުގަވެސް ވަރަށް މަގުބޫލުވެފައި މިއޮތީ މި ބްރޭންޑް" އަރިއާމް އިން ބުންޏެވެ.

މުޅި ޔޫރަޕްގައި ވެސް މަގުބޫލުކަން ހޯދާފައިވާ ޑރ. ޖެރާޑްގެ އުފެއްދުންތައް މާލޭގެ ގިނަ ފިހާރަތަކަކުން މިހާރު ލިބެން ހުރެ އެވެ.

ޑރ. ޖެރާޑްގެ އުފެއްދުންތައް ހޯލްސޭލްކޮށް ވެސް ލިބޭނެ އިންތިޒާމު އަރިއާމް އިން ވަނީ ހަމަޖައްސާފަ އެވެ. އޭގެއިތުރުން އަރިއާމްގެ ފުވައްމުލަކު ފިހާރައިން ވެސް އެ އުފެއްދުން ލިބެން ހުރެ އެވެ.

އަރިއާމްގެ ވެބްސައިޓު މެދުވެރިކޮށް ނުވަތަ 7395919 ނަންބަރު ފޯނަށް ގުޅައިގެން އެ ކުންފުނިން ވިއްކާ ޑރ. ޖެރާޑްގެ އުފެއްދުންތަކުގެ މައުލޫމާތު ހޯދައި އޯޑަރު ކުރެވޭނެ އެވެ.

އަރިއާމް އިން އަންނަނީ ޑރ. ޖެރާޑްގެ އިތުރުން ޕޮލެންޑުގެ ސަންތޭ ކުންފުނީގެ އުފެއްދުންތައް ވެސް ރާއްޖެއަށް އެތެރެކޮށް ހޯލްސޭލް އަދި ރީޓެއިލްކޮށް ވިއްކަމުންނެވެ.