Advertisement

ހަޔާތުނާ: ރަހަމީރު ފެންވަރު ރަނގަޅު ބުއިމެއް

30 އޭޕްރީލް 2025 - 06:43 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ހަޔާތުނާ: ރަހަމީރު ފެންވަރު ރަނގަޅު ބުއިމެއް

30 އޭޕްރީލް 2025 - 06:43 0

ޔޫއޭއީގެ "ހަޔާތުނާ" މަރުކާއަށް މަދު އަހަރުތަކެއްގެ ތެރޭގައި ބޮޑު މަގުބޫލު ކަމެއް ލިބިގެން ދިޔައީ، އެ އުފެއްދުމުގެ ރަހަ އާއި ފެންވަރު ރަނގަޅުވުމުންނެވެ.

އާންމު ހުރިހާ ރަހަތަކެއްގެ ޖޫސް ޕެކެޓުގެ އިތުރުން މި ބްރޭންޑުގެ ލައްސީ އާއި މިލްކު ޕެކެޓު ރާއްޖޭން މިހާރު ލިބެން އެބަ ހުއްޓެވެ. މި ބްރޭންޑު ރާއްޖޭގެ ސޯލް ޑިސްޓްރިބިއުޓަރަކީ އެސްޖޭ މޯލް އެވެ.

މި ބްރޭންޑުގައި ލެކްޓޯސް (ހަކުރު) ނުހިމެނޭ ކިރާއި ހައި ޕްރޮޓީން ކިރު އެބަ ހުއްޓެވެ. އަދި ފެޓްފްރީ، ލޯފެޓު އަދި ފުލްކްރީމް ކިރު ޕެކެޓު ވެސް އެބަހުއްޓެވެ.

ލައްސީގެ ރަހަތަކުގެ ތެރޭގައި ރޯޒް، އޮރިޖިނަލް އަދި މެންގޯ ހިމެނެ އެވެ.

"މިއީ ޔޫއީއޭގެ އެންމެ ފެންވަރު ރަނގަޅު އެއް އުފެއްދުން. އަހަރެމެން މި އުފެއްދުން ރާއްޖެއަށް ތައާރަފުކުރީ އުފެއްދުމުގެ ކޮލިޓީ ރަނގަޅު ވުމުން، މިހާރު ދިވެހިންނަށް ވެސް މި ރަހަ ދަނީ ކަމުދަމުން،" އެސްޖޭ މޯލްގެ މެނޭޖަރު ބުންޏެވެ.

ހަޔާތުނާ އުފެއްދުމުގައި ގެންގުޅޭ މިންގަނޑުތަކާއި ފެންވަރު ރަނގަޅުވުމުގެ ސަބަބުން "ސްޕަ ބްރޭންޑު އެވޯޑު" ވެސް 2022 ގައި ލިބިފައިވެ އެވެ. މީގެ އިތުރުން ވެސް ޝަރަފުވެރި ގިނަ އެވޯޑުތަކެއް ހަޔާތުނާ ހޯދައިފައިވެ އެވެ.

ހަޔާތުނާ، އެސްޖޭ މޯލްގެ އިތުރުން ރާއްޖޭގެ ގިނަ ފިހާރަތަކަކުން ލިބޭނެ އެވެ.