Advertisement

ގެއްލުނު ދޯނި އިންޖީނު ހުއްޓިފައި އޮއްވައި ފެނިއްޖެ

29 އޭޕްރީލް 2025 - 08:00 0

ގައްދޫއިން ފުރައިގެން ދަތުރުކުރަނިކޮށް ގެއްލުނު ދޯނި: އެ ދޯނި ފެނުނީ ލ. އަތޮޅުން ކޯސްޓް ގާޑުގެ ބޯޓަކަށް -- ފޮޓޯ: ޕޮލިސް


ގެއްލުނު ދޯނި އިންޖީނު ހުއްޓިފައި އޮއްވައި ފެނިއްޖެ

29 އޭޕްރީލް 2025 - 08:00 0

ގދ. ގައްދޫއިން ފުރައިގެން ހުޅުމާލެއަށް ދަތުރުކުރަނިކޮށް ގެއްލުނު ދޯނި އިންޖީނު ހުއްޓިފައި އޮއްވައި މިއަދު ފެނިއްޖެ އެވެ.

"ބްރިލިއަންޓް ކެރިއާ" ފެނުނީ މިއަދު ފަތިހުގެ ވަގުތެއްގައި ލ. އަތޮޅުންނެވެ. ގެއްލުމުގެ ކުރިން ދޯނީގެ އެންމެ ފަހުގެ ލޮކޭޝަނެއްގެ ގޮތުގައި ނޯޓުވެފައި އޮތީ ހުވަދޫ ކަނޑު ބޭރެވެ.

ގެއްލުނު ދޯނީގައި ތިން ދިވެހިން އަދި ދެ ބިދޭސީންނެވެ. އެއީ މުދާ އުފުލާ ދޯންޏެކެވެ. ދޯނި ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް އިން ދިޔައީ އިއްޔެއިން ފެށިގެން ކުރަމުންނެވެ. ދޯނި ފެނުނީ ކޯސްޓް ގާޑަށެވެ.

"މި ދޯނި ރޭ ފަތިހު 5:00 އެހައިކަންހާއިރު ލ. އަތޮޅު ތެރެއިން ފެނިފައިވާ ކަމަށް ކޯސްޓް ގާޑުން މައުލޫމާތުދޭ. ދޯނި ވަނީ އިންޖީނު ހުއްޓިފައި. ދޯންޏަށް ބޭނުންވާ އެހީތެރިކަން ވަނީ ފޯރުކޮށްދީފަ. ދޯނީގައި ތިބި މީހުންގެ ހާލު ރަނގަޅު،" މީޑިއާއަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުންޏެވެ.

ރާއްޖެ ސަރަހައްދުގައި އެ ދޯނި އޮތް އިރު، ދޯނީގެ ލޮކޭޝަން ނުފެނުނު ސަބަބެއް އަދި ނޭނގެ އެވެ. އާންމުކޮށް މިހާރު ދުއްވާ ދޯނިތަކުގައި ހުންނަނީ ލައިވް ލޮކޭޝަން ފެންނަ ގޮތަށް ޖީޕީއެސް ހަރުކޮށްފަ އެވެ.