Advertisement

އޮޑިޝަނަށް ނުދާ ބަޔަކަށް އޭޓީއެމް ފެއާގައި ސަގާފީ ހަރަކާތް ހުށަހަޅަން އެމްއެމްޕީއާރުސީން ފުރުސަތު ދިނުމުން ކަންބޮޑުވުން

28 އޭޕްރީލް 2025 - 19:16 1

އޭޓީއެމް ފެއާގައި ރާއްޖޭގެ ސަގާފީ ހުށަހެޅުން ހުށަހެޅުމަށް ގެންދިޔަ ގްރޫޕްގެ މީހުންނާ އެކު ތޯރިގު އަދި ޝިއުރީ.


އޮޑިޝަނަށް ނުދާ ބަޔަކަށް އޭޓީއެމް ފެއާގައި ސަގާފީ ހަރަކާތް ހުށަހަޅަން އެމްއެމްޕީއާރުސީން ފުރުސަތު ދިނުމުން ކަންބޮޑުވުން

28 އޭޕްރީލް 2025 - 19:16 1

މިއަދު ދުބާއީގައި ފެށި އަރަބިއަން ޓްރެވަލް މާކެޓު (އޭޓީއެމް) ފެއާގައި ރާއްޖޭގެ ސަގާފީ ހަރަކާތް ހުށަހެޅުމުގެ ފުރުސަތު ދީފައިވަނީ އެކަމަށް އެންމެ ފުރަތަމަ ހުޅުވާލި ބިޑު ކެންސަލް ކުރުމަށް ފަހު، އޮޑިޝަނުގައި ވެސް ބައިވެރި ނުވާ ބަޔަކަށް ކަން ހާމަވެއްޖެ އެވެ.

އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ރާއްޖޭގެ މަޝްހޫރު ބޮޑުބެރު ގްރޫޕް "ހަބޭސް ބޮޑުބެރު" އިން ވަނީ ބަޔާނެއް ނެރެފަ އެވެ. އެގޮތުން، އެ ގްރޫޕުން ހުށަހެޅި ބިޑު ކެންސަލް ކޮށްފައި ވަނީ ބޭއިންސާފުން ކަމަށް ހަބޭސްއިން ވަނީ ބުނެފަ އެވެ.

"ބިޑް ވިން ވެގެން ރޯދަ މަހު މެންދުރު ގެންގޮސް އޮޑިޝަން ބާއްވާފައި އޭގެއިން ފާސް ވީމައެއްނޫން ސްކޯޕް ބަދަލުވާކަން އިނގެން ވާނީ. އިއުލާނު ކުރާ އިރު އެވަރު ނޭންގެންޔާ މައްސަލަ އެއްނު އެއީ…ގެންދަން ބޭނުންވާ ވަކި ބަޔަކު ތިބިއްޔާ ބިޑް ނުކޮށް އަބަދު ވެސް ހަދާހެން އެތެރޭން ނިންމާ ލީމަ އެހެން މީހުންގެ ވަގުތު ބޭކާރެއް ނުވާނެ،" އެ ގްރޫޕްގެ ފޭސްބުކް ޕޭޖުގައި ލިޔެފައިވެ އެވެ.

މަސައްކަތުގެ ސްކޯޕް ބަދަލުވެފައިވާ ކަމަށް ބުނެ ކުއްލި ގޮތަކަށް ބިޑު ކެންސަލް ކުރުމަށް ފަހު ސަގާފީ ހުށަހެޅުން ހުށަހެޅުމުގެ ފުރުސަތު ދިނީ ރޯދަ މަހުގެ ތެރޭ ބޭއްވި އޮޑިޝަންތަކުގައި ވެސް ބައިވެރި ނުވާ ބަޔަކަަށް ކަމަށް ހަބޭސްއިން ބުނެފައިވެ އެވެ.

އޭޓީއެމްއަކީ މެދުއިރުމަތީގައި ބާއްވާ އެންމެ ބޮޑު ޓްރެވަލް ފެއާ އެވެ. އެ ފެއާ ފެށިއިރު ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހިމް އަދި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ ތިއްބެވި އެވެ.