Advertisement

ރީމެޗް 2025 ނެރޭނެ ތާރީހު އިއުލާންކޮށްފި

28 އޭޕްރީލް 2025 - 07:36 0

އަހުމަދު ދާއޫދު

އަހުމަދު ދާއޫދު


ރީމެޗް 2025 ނެރޭނެ ތާރީހު އިއުލާންކޮށްފި

28 އޭޕްރީލް 2025 - 07:36 0

ރީމެޗްގެ 2025ގެ ނަމުގައި ނެރޭ އައު ފުޓްބޯޅަ ގޭމް ނެރޭނެ ތާރީހު އިއުލާންކޮށްފި އެވެ.

މާރިއޯ ކާޓް ވޯލްޑް، ޖީޓީއޭ 6 އަދި އެންބީއޭ 2ކޭ26 ފަދަ މަޝްހޫރު ގޭމްތައް ނެރޭ އަހަރެއްގައި ނެރޭ ގޭމަކަށް ވީނަމަވެސް، އެންމެ ގިނައިން ކުޅޭނެ ކަމަށް ލަފާކުރެވޭ ސްޕޯޓްސް ގޭމްތަކުގެ ތެރޭގައި މި ގޭމު ހިމެނޭނެ ކަމަށް ބެލެވެ އެވެ.

ރީމެޗް ނެރުމަށް ހަމަޖެހިފައިވަނީ އަންނަ ޖޫން މަހުގެ 19 ވަނަ ދުވަހު އެވެ. މި ގޭމުގެ ޕްރޯ އަދި އެލީޓް އެޑިޝަންއަށް ޕްރީ-އޯޑަރު ކުރާ ފަރާތްތަކަށް ޖޫން 13 ވަނަ ދުވަހު އެކްސެސް ލިބޭނެ އެވެ.

ރީމެޗް ނެރުމަށް ހަމަޖެހިފައިވަނީ ޕީސީ، ޕްލޭސްޓޭޝަން 5 އަދި އެކްސްބޮކްސް ސީރީޒް އެކްސް/އެސް ޕްލެޓްފޯމްތަކަށެވެ.

މި ގޭމުގެ ޓްރެއިލާގައި ދައްކާފައިވާ ގޮތުން، މިއީ ސިފޫ ގޭމް ހެދި ފަރާތްތަކުން ތައްޔާރުކުރާ ގޭމެކެވެ.

އެފްސީ ނުވަތަ ފީފާ ފަދަ ގޭމްތަކާ ހިލާފަށް މި ގޭމުގައި ހަގީގީ ފުޓްބޯޅަ ކުޅުންތެރިން ނުހިމެނޭނެ އެވެ. ނަމަވެސް، ފުޓްބޯޅަ ސިމިއުލޭޝަން ގޭމްތަކާ އެއްގޮތް ކަންތައްތަކެއް ހުންނާނެ ކަމަށް ބެލެވެ އެވެ.