Advertisement

ޔުމްނު ވެއްޓުނު ހާދިސާއަށް ހަ ދުވަސްވީ ފަހުން ފުލުހުން ބަލައި ފާސްކުރި ތަންތަނުން އެއްޗެއް ނުފެނުނު

27 އޭޕްރީލް 2025 - 17:07 4

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ޔުމްނު ވެއްޓުނު ހާދިސާއާ އޭނާގެ ހައްގުގައި ޒުވާނުން އިހުތިޖާޖުކުރުން -- ފޮޓޯ: އަތޫފް އާތިފް / އަދަދު


ޔުމްނު ވެއްޓުނު ހާދިސާއަށް ހަ ދުވަސްވީ ފަހުން ފުލުހުން ބަލައި ފާސްކުރި ތަންތަނުން އެއްޗެއް ނުފެނުނު

27 އޭޕްރީލް 2025 - 17:07 4

ހ. ފެންޓެނޯއީ ގޭގެ ނުވަ ވަނަ ފަންގިފިލާއިން މިދިޔަ އޭޕްރިލް 18، ގައި ހައްވާ ޔުމްނު ރަޝީދު 21، ވެއްޓުނު ހާދިސާއައަށް ހަ ދުވަސްވީ ފަހުން ފުލުހުން ބަލައި ފާސްކުރި ތަންތަނުން އެ ހާދިސާއާ ގުޅުންހުރި އެއްޗެއް ފެނިފައި ނުވާ ކަމަށް އެ އިދާރާއިން މިއަދު ބުނެފި އެވެ.

ފުލުހުން ބުނީ ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން ބަލައި ފާސްކުރީ މައްސަލައާ ގުޅުންހުރި ކަމަށް ތަހުގީގަށް ފާހަގަވި މީހުންނާ ގުޅުހުން ހުރި ކަމަށް މައުލޫމާތު ލިބިފައިވާ ތަންތަން ކަމަށެވެ.

"އޭޕްރިލް 18، ގައި ހ. މިޓާޒް ގޭ ފުރާޅުމައްޗަށް އަންހެނަކު ވެއްޓުނު މައްސަލައިގައި ބަލައި ފާސްކުރި ތަންތަނުން މައްސަލައާ ގުޅުންހުރި އެއްޗެއް ފެނިފައެއް ނުވޭ،" ފުލުހުން ބުންޏެވެ.

ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން ފުލުހުން ހިންގާ ތަހުގީގަށް އެކަމާ ގުޅުންހުރި ކަމަށް ތުހުމަތު ކުރެވޭ ތަންތަން ބަލައި ފާސްނުކުރީ ހެކި ނައްތާލަން އެހީތެރިވެދިނުމުގެ ގޮތުން ކަމަށް ފުލުހުންނަށް އޮތީ ތުހުމަތު އަމާޒުވެފަ އެވެ.

މީގެއިތުރުން އެ ހާދިސާއާ ގުޅިގެން ތުހުމަތު އަމާޒުވި ގެތައް ބަލައި ފާސްނުކުރުމުން ފުލުހުންގެ މުއައްސަސާއަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފަ އެވެ.

ޔުމްނު ވެއްޓުނު ރޭ އޭނާއާ އެއްކޮށް އުޅުނު ރައުދު އަަހުމަދު ޒިލާލް 21، ހައްޔަރު ކުރީ ވެސް ހާދިސާ ހިނގިތާ ހަ ދުވަސް ފަހުންނެވެ. އަދި ހާދިސާއާ ގުޅުން އޮތް ކަމަށް ތުހުމަތު ކުރެވުނު ނުވަ މީހުންގެ ފޯނުތައް ވެސް ކޯޓު އަމުރެއްގެ ދަށުން ހިފެހެއްޓީ ވެެސް އަށް ދުވަސް ފަހުންނެވެ.