Advertisement

ޔުމްނު ވެއްޓުނު ހާދިސާ: ކުޑަކަމުދާތަކެތި ދޭން އިންކާރު ކުރި މީހުން ދޫކޮށްލުމުން މީގެ ފަހުން އެފަދަ މައްސަލަތަކުގައި ފިޔަވަޅު އަޅަން އަންގައިފި

26 އޭޕްރީލް 2025 - 20:04 0


ޔުމްނު ވެއްޓުނު ހާދިސާ: ކުޑަކަމުދާތަކެތި ދޭން އިންކާރު ކުރި މީހުން ދޫކޮށްލުމުން މީގެ ފަހުން އެފަދަ މައްސަލަތަކުގައި ފިޔަވަޅު އަޅަން އަންގައިފި

26 އޭޕްރީލް 2025 - 20:04 0

އުސް އިމާރާތެއްގެ މަތިން ވެއްޓި އަނިޔާވި ހައްވާ ޔުމްނު ރަޝީދުގެ މައްސަލަައިގައި ހިމެނެ ބަޔަކު ފުލުހުންނަށް ކުޑަކަމުދާތަކެތި ދޭން އިންކާރު ކުރުމުން ވެސް ފިޔަވަޅެއް އަޅާފައިނުވާތީ އެފަދަ މައްސަލަތަކުގައި މީގެ ފަހުން ފިޔަވަޅު އަޅަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ފުލުހުންނަށް އަންގައިފި އެވެ.

ޔުމްނު މައްސަލައިގައި ހިމެނޭ އަށް މީހުންގެ ތެރެއިން ދެ މީހަކު ވަނީ ކުޑަކަމުދާތަކެތި ދޭން އިންކާރުކޮށްފަ އެވެ. ކުޑަކަމުދާތަކެތި ދޭން އިންކާރު ކުރާ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ކުރިން ބެލި ނަމަވެސް އެމީހުންގެ މައްސަލަ ފުލުހުން ބަލާފައެއްނުވެ އެވެ.

އެކަމާ ގުޅިގެން ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކުޑަކަމުދާތަކެތި ދިނުމަށް ގާނޫނީ ގޮތުން އަންގާ އެންގުމަށް އިންކާރުކޮށްފި ނަމަ އެކަން ވަކި މައްސަލައެއްގެ ގޮތުގައި ބެލުމަށް އަންގާފައިވާނެ ކަމަށެވެ.

"މި މައްސަލައިގެ ތަހުގީގަށް ހާޒިރުކުރި ބައެއް މީހުން، މަސްތުގެ ހާލަތުގައި ތިބިކަމަށް ތުހުމަތުކުރެވުނު ނަމަވެސް، އެމީހުންގެ ކުޑަކަމުދާތަކެތި ދިނުމަށް އިންކާރުކޮށްފައިވާތީ، ކުޑަކަމުދާތަކެތި ނެގުމުގައި ގާނޫނީ ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށް އެ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ފާހަގަކޮށްފައިވާތީ، ގާނޫނީ އުސޫލުތަކުގެ ތެރެއިން މީހަކަށް ކުޑަކަމުދާތަކެތި ދޭން އަންގައި، އެތަކެތި ނުދީފިނަމަ، ކުޑަކަމުދާތަކެތި ދޭން އިންކާރުކުރުމުގެ މައްސަލައެއް ގޮތުގައި އެކަން ތަހުގީގު ކުރުމަށް މި އޮފީހުން އަންގާފައިވާނެ،" އެ ބަޔާނުގައިވެ އެވެ.

އޭގެ އިތުރުން، ޔުމްނު މައްސަލަ ތަހުގީގު ކުރާ އެއްވެސް ފުލުހެއް އިހުމާލުވެފައިވޭތޯ ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ވެސް ޕީޖީ އޮފީހުން ވަނީ އަމުރުކޮށްފަ އެވެ.

"މި މައްސަލަ ތަހުގީގު ކުރުމުގައި އެއްވެސް އޮފިސަރެއްގެ ފަރާތުން މިހާތަނަށް އެއްވެސް އިޙުމާލެއް އަދި އިޖުރާއަތްތަކާ ހިލާފު އަމަލެއް ކޮށްފައިވޭތޯ ބަލައި، އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ވެސް އަންގާފައިވާނެ،" އެ ބަޔާނުގައިވެ އެވެ.

ޔުމްނު ވެއްޓުނު ހާދިސާގައި މިހާތަނަށް ހައްޔަރު ކޮށްފައި ވަނީ ރައުދު އަހުމަދު، 21، އެވެ. އެއީ ހ. ފެންޓެނޯއީގެ ނުވަ ވަނަ ފަންގިފިލާއިން ޔުމްނު ވެއްޓުނު އިރު އޭނާއާއެކު އުޅުނު މީހާ އެވެ. ރައުދު ހައްޔަރު ކުރީ ހާދިސާ ހިނގިތާ ހަ ދުވަސް ފަހުންނެވެ.

ފުލުހުން ފުރަތަމަ ބުނީ ޔުމްނު ވެއްޓުމުގައި ރައުދުގެ ބައިވެރިވުމެއް ނެތް ކަމަށެވެ. ނަމަވެސް ފަހުން ކޯޓުގައި ބުނެފައި ވަނީ ޔުމްނު ވެއްޓުމުގައި ރައުދުގެ ބައިވެރިވުމެއްވާ ކަމަށް ބެލެވޭ ކަމަށެވެ. އަދި ޔުމްނު ވެއްޓުނު ކަމަށް އޭނާއަށް ބެލެވޭ ކަމަށް މީހެއް ކައިރީ ރައުދު ބުނެފައިވާ ކަމަށް ވެސް ފަހުންް ކޯޓުގައި ފުލުހުން ބުންޏެވެ.