Advertisement

ހުލާސާކޮށް އިއްޔެ: މުޒާހަރާ ކުރާ ޒުވާނުންގެ ޑިމާންޑުތައް

26 އޭޕްރީލް 2025 - 06:33 0

ހ. ފެންޓެނޯއީ ގެއިން ހައްވާ ޔުމްނު ރަޝީދު 21، ވެއްޓުނު ހާދިސާ އިޝާރާތް ރޭ ޒުވާނުން ކުރި މުޒާހަރާގެ ތެރެއިން. ރެޔަކީ މުޒާހަރާކުރާތާ ތިން ވަނަ ރޭ. -- ފޮޓޯ: އަދަދު


ހުލާސާކޮށް އިއްޔެ: މުޒާހަރާ ކުރާ ޒުވާނުންގެ ޑިމާންޑުތައް

26 އޭޕްރީލް 2025 - 06:33 0

މި މަހުގެ 18 ވީ ހުކުރު ދުވަހުގެ ފަތިހު ހެންވޭރުގައި ހުރި އުސް އިމާރާތަކުން، އެ ގެއާ އިންވެގެން ހުރި ގުދަނެއްގެ ފުރާޅު މައްޗަށް ޒުވާން އަންހެނަކު ވެއްޓުނު މައްސަލައިގެ ތަހުގީގާ މެދު ހިތްހަމަނުޖެހިގެން ޒުވާނުން މަގުމައްޗަށް ނުކުމެ، ކުރަން ފެށި މުޒާހަރާ ރެޔަކަށް ވުރެ ރެއެއް ވަރުގަދަވެ، ރޭ ނުވަ ޑިމާންޑެއް ކޮށްފި އެވެ.

ރެޔަކީ ހ. ފެންޓެނޯއީ ގެއިން ހައްވާ ޔުމްނު ރަޝީދު 21، ވެއްޓުނު ހާދިސާގެ ތަހުގީގާ މެދު ހިތްހަމަ ނުޖެހިގެން ޒުވާނުން މުޒާހަރާތައް ކުރަން ފެށިތާ ތިން ވަނަ ރެޔެ އެވެ.

ރޭގެ މުޒާހަރާއަށް އެތައް ސަތޭކަ ޒުވާނުންނާއި އާންމުން އެއްވިއިރު، އެ ޒުވާނުން ވަނީ ނުވަ ކަމެއް ކުރުމަށް ގޮވާލައިފަ އެވެ. އެ ޑިމާންޑުތަކަކީ؛

  1. ދެފުށް ފެންނަ ތަހުގީގެއް ކުރިއަށް ގެންދިއުން
  2. މިކަމުގެ ތުހުމަތު ކުރެވޭ އެންމެ ހައްޔަރުކޮށް އެ މީހުންގެ މައްޗަށް ދައުވާ ކުރުން
  3. ހާދިސާގެ ވީޑިއޯ ފުޓޭޖުތައް ދިމާނުވާ ސަބަބު ފުލުހުން ސާފުކޮށްދިނުން
  4. ތަހުގީގަށް ލިބިފައިވާ ހެކިތައް ހާމަކުރުން
  5. ތަހުގީގާ ގުޅޭގޮތުން ދޮގު މައުލޫމާތު ދެވުމާ ގުޅޭގޮތުން ފުލުހުން މައާފަށް އެދުން
  6. ފުލުހުންގެ ތަހުގީގާ މެދު އިންކުއަރީއެއް ހެދުން
  7. ކޮމިޝަނާ އޮފް ޕޮލިސް ޝުޖާއު އިސްތިއުފާ ދިނުން
  8. ޓްރާންސްޕޯޓު މިނިސްޓަރު އަމީން އިސްތިއުފާ ދިނުން
  9. ހޯމް މިނިސްޓަރު އަލީ އިހުސާން އިސްތިއުފާ ދިނުން

މިއަދުގެ މޫސުން


26 އޭޕްރިލް 2025, 28 ޝައްވާލް 1446, ހޮނިހިރު | ނަކަތް: ބުރުނު - އެންމެ ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރު ފޯރާނެ. އެހެން ހިސާބުތަކަށް ވިއްސާރަކޮށް ގުގުރުން އެކަށީގެންވޭ. - ވައިޖެހޭނީ ހުޅަނގާއި ހުޅަނގު އިތުރުން ގަޑިއަކު 7 މޭލާއި 17 މޭލަށް. ވިލާގަނޑުގައި 30 މޭލަށް ވައިގަދަވުން އެކަށީގެންވޭ. - ކަނޑު އާދައިގެ ވަރަކަށް ގަދަވާނެ - ރާޅުގެ އުސްމިން ހުންނާނީ 3-6 ފޫޓުގައި

ނަމާދު ވަގުތު

  • ފަތިސް 04:42
  • އިރުއަރާ 05:55
  • މެންދުރު 12:08
  • އަޞްރު 15:21
  • މަޣްރިބް 18:13
  • ޢިޝާ 19:27

މުހިއްމު ބައެއް ހަބަރު