24 އޭޕްރީލް 2025 - 23:27 0
ލީވާން އަލީ ނާސިރު
ފުލުހުންގެ 92 ވަނަ އަހަރީ ދުވަހުގެ ރަސްމީ ޖަލްސާގެ ތެރެއިން -- ފޮޓޯ: ފުލުހުން
24 އޭޕްރީލް 2025 - 23:27 0
ރިހާސަލް ބޭއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގައި ފުލުހުންނަށް ދެއްވާ ކުލަ އާއި މެޑަލް ދިނުން ކުއްލި ގޮތަކަށް މިރޭ ކެންސަލްކޮށްފި އެވެ.
އަދަދު އަށް އެކި މަސްދަރުތަކުން އެނގިފައިވާ ގޮތުގައި ފުލުހުންގެ 92 ވަނަ އަހަރީ ދުވަހުގައި ރައީސްގެ ޝަރަފުގައި ދެއްވާ ކުލަ އާއި މެޑަލް ދިނުން ކެންސަލްކުރީ ރިހާސަލް ވެސް ބޭއްވުމަށްފަހު އެވެ.
ކުލަ އާއި މެޑަލް ދިނުމަށް ހަމަޖެހިފައިވާ ފުލުހުންގެ ތެރޭގައި ފުލުހުންގެ އިސްވެރިންތަކެއް ވެސް ތިބި ކަމަށް މި ނޫހަށް ވަނީ މައުލޫމާތު ލިބިފަ އެވެ.
ފުލުހުންގެ 92 ވަނަ އަހަރީ ދުވަހުގެ ރަސްމީ ޖަލްސާގައި މިރޭ ރައީސްގެ ޝަރަފުގައި ދެއްވާ މެޑަލް އާއި ކުލަ ދެއްވުމުގެ ބަދަލުގައި އެމަނިކުފާނު ފުލުހުންނާ ހަވާލު ކުރެއްވީ އެ މުއައްސަަސާއަށް ރީތި ނަން ހޯދާފައިވާ މުވައްޒަފުންނަށް ހަނދާނީ ފިލާ އެކަންޏެވެ.
އޭގެއިތުރުން ފުލުހުންގެ ހިދުމަތްތަކަށް އެކި ގޮތްގޮތައް އެހީތެރިވެދީފައިވާ ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ހަނދާނީ ފިލާ ޖަލްސާގެ ތެރެއިން އަރުއްވައި ދެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާން އެވެ.
ފުލުހުންނަށް ރައީސްގެ ޝަރަފުގައި ދެއްވާ ކުލަ އާއި މެޑަލް ކޮންމެ އަހަރަކު ވެސް މެދުނުކެނޑި އައީ ދެމުންކަން ފާހަގަކޮށްލެވެ އެވެ.
Comment