Advertisement

ޕްރެސް ހިނގަމުންދިޔަ ވަގުތުގައި ވެސް މިނިސްޓަރު އަމީން، ސީޕީ ޝުޖާއު އަށް ގުޅަމުންދިޔަކަން ހާމަވެއްޖެ

24 އޭޕްރީލް 2025 - 18:29 0

އަހުމަދު އާއިދު

އަހުމަދު އާއިދު


ޕްރެސް ހިނގަމުންދިޔަ ވަގުތުގައި ވެސް މިނިސްޓަރު އަމީން، ސީޕީ ޝުޖާއު އަށް ގުޅަމުންދިޔަކަން ހާމަވެއްޖެ

24 އޭޕްރީލް 2025 - 18:29 0

މިދިޔަ ހުކުރު ދުވަހުގެ ރޭ ހ. ފެންޓޯނިއާ ގޭގެ ނުވަ ވަނަ ފަންގިފިލާއިން ހައްވާ ޔުމްނު ރަޝީދު 21، ވެއްޓުނު ހާދިސާގެ ތަހުގީގާ ގުޅޭގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން ހިނގަމުންދިޔައިރު ވެސް މި މައްސަލާގައި ޝާމިލްވާ ޓްރާންސްޕޯޓު މިނިސްޓަރު، މުހައްމަދު އަމީން، ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު އަށް ގުޅުއްވިކަން ހާމަވެއްޖެ އެވެ.

މި މައްސަލައާ އަމީން ގުޅެނީ، ބުރާސްފަތި ދުވަހުގެ ރޭ މި މައްސަލާގައި ޝާމިލުވާ މީހުން އަމީންގެ، ގ. މާންދޫގޭދެކުނުގެ އަށް ގޮސްފައިވާތީ އެވެ. މަސްތުވާތަކެއްޗާ އެކު އެ މީހުން އަމީން ދިރިއުޅުއްވާ ގޭގައި ޕާޓީ ކުރި ކަމަށް ބެލެވޭ ކަމަށް ފުލުހުން ވެސް ބުނެފައިވެ އެވެ.

ހެދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އަމީން ގުޅިކަން ހާމަވީ، އެ ރޭގެ ސެކިއުރިޓީ ފުޓޭޖުތައް ދައްކަމުންދިޔަ ވަގުތު މައިކަށް އަރާފައިވާ އަޑުތައް ދެނެގަތުމުންނެވެ.

"މިނިސްޓަރު އަމީން އެބަ ގުޅާ ވަރަށް،" ސީޕީ ޝުޖާއު ނުވަތަ ޕްރެސް ދޭން ތިބި އޮފިސަރަކު ވިދާޅުވާ އަޑު އިވެ އެވެ. އެހެން ބުނާ ވަގުތު ފޯނު ރިންގުވާ އަޑުވެސް އިވެ އެވެ.

މި އަޑު، ނޫސްވެރިންގެ ބައްދަލުވުން ގެނެސްދިން 'ރާއްޖެ ޓީވީގެ ލައިވް ރެކޯޑިން ގެ 31:20 ގައި އަޑު އިވޭނެ އެވެ. އެ ވަގުތު ދައްކަމުންދިޔައީ ސީސީޓީވީ ފުޓޭޖު ކަމަށްވާއިރު އަޑު ނަގާފައި ހުރީ ޕްރެސް ދޭން ތިބި ފުލުހުން ވާހަކަ ދައްކަން ޖަހާފައި ހުރި މައިކުންނެވެ.

ނަމަވެސް، މިއަދު ނޫސްވެރިން ސުވާލުކުރުމުން ސީޕީ ވަނީ މި ތަހުގީގާ ގުޅިގެން މިނިސްޓަރު އަމީން ނުގުޅުއްވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތް ކަމަށްވެސް ވިދާޅުވި އެވެ.

އެ ޕޯސްޓުގައި އަމީން ވަނީ ނުފޫޒު ފޯރުވުމުގެ ގޮތުން އެއްވެސް ވަރަކަށް ކަމާގުޅޭ އިދާރާއެއްގެ ވެރިޔަކަށް ނުގުޅާ ކަމަށް ވެސް ވިދާޅުވެފަ އެވެ.

"މި ދެންނެވި މައްސަލައާ ގުޅޭ ތަހުގީގަށް އަޕްޑޭޓް ހޯދުމަށް، ނުވަތަ އެއްވެސް ތަހުގީގަކަށް ނުފޫޒު ފޯރުވުމަށްޓަކައި، ގާނޫނު ތަންފީޒުކުރާ އިދާރާގެ ތެރެއިން ނުވަތަ ސަރުކާރާއި، އަދި އެނޫން ވެސް ފަރާތަކަށް އަޅުގަނޑު އެންމެ ފޯން ކޯލެއް ވެސް ނުކުރަން،" އަމީން ލިޔުއްވި އެވެ.

މި މައްސަލާގައި ޝާމިލްވާ މީހުންގެ ތެރޭގައި އަމީންގެ އާއިލާގެ ދެ މެންބަރަކުވެސް ހިމެނެ އެވެ. އެކަން، އަދި މި ޕާޓީ، ނުވަތަ އެއްވުން އޭނާ ދިރިއުޅޭ އިމާރާތުގައި ހިނގިކަން އަމީން ވަނީ ރޭ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވެ އެވެ.