Advertisement

ސްވިޓްޒަލޭންޑް ދަތުރުގެ ނަސީބުވެރިޔާއާ ދިރާގުން އިނާމު ހަވާލުކޮށްފި

23 އޭޕްރީލް 2025 - 20:24 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ސްވިޓްޒަލޭންޑް ދަތުރު ލިބުނު ނަސީބުވެރިޔާއާ އިނާމު ހަވާލުކުރަނީ: މިއީ ރޯދަ މަހު ދިރާގުން ހިންގި ކަރާ ފެޅުން ޕްރޮމޯޝަނުން ލިބުނު އިނާމެއް -- ފޮޓޯ: ދިރާގު


ސްވިޓްޒަލޭންޑް ދަތުރުގެ ނަސީބުވެރިޔާއާ ދިރާގުން އިނާމު ހަވާލުކޮށްފި

23 އޭޕްރީލް 2025 - 20:24 0

ނިމިދިޔަ ރޯދަ މަހު ދިރާގުން ކުރިއަށް ގެންދިޔަ ކަރާ ފެޅުން ޕްރޮމޯޝަންގައި ބޮޑު އިނާމަކަށް ކަނޑައެޅި ސްވިޒަލޭންޑު ދަތުރުގެ ނަސީބުވެރިޔާއާ އިނާމު ހަވާލުކޮށްފި އެވެ.

ސްވިޒަލޭންޑަށް ދިޔުމުގެ ފުރުސަތު ލިބުނު މުހައްމަދު އިއުތިމަން އަލީއާ ހަވާލުކުރީ ދިރާގު ހެޑް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. އެ ރަސްމިއްޔާތުގައި ދިރާގުގެ އިސްވެރިން އަދި މުވައްޒަފުން ބައިވެރިވި އެވެ.

އިއުތިމަން ބުނީ ދިރާގުއެޕްއިން ކަރާ ފަޅާލައިގެން މިހާ ފަސޭހައިން ސްވިޓްޒަރލޭންޑަށް ދިއުމުގެ ފުރުސަތު ލިބިދާނެ ކަމަކަށް އުންމީދު ނުކުރާ ކަމަށެވެ.

"އިނާމް ލިބުނުކަން އެނގުމުން ފުރަތަމަ ގަބޫލުނުކުރެވުނު ކަމުގައި ވިޔަސް، ވަރަށް ބޮޑަށް އުފާވި. ދިރާގު ކަސްޓަމަރަކަށް ވުމުގެ ސަބަބުން އަޅުގަނޑަށް މި ލިބުނީ ވަރަށް އަގުހުރި އިނާމެއް، އަދި މި ކަމަށްޓަކައި ދިރާގަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރަން." އޭނާ ބުންޏެވެ.

ރޯދަ މަހު ދިރާގުން ކޮންމެ ދުވަހަކު ދިރާގު އެޕުން ކަރާ ފަޅައިގެން ދެ ޖީބީ ހިލޭ ޑޭޓާ ހޯދުމުގެ ފުރުސަތު ދިރާގު މޯބައިލް ކަސްޓަމަރުންނަށް ހުޅުވާލި އެވެ.

މީގެއިތުރުން ވަކި އަދަދަކަށް ކަރާ ފަޅައިގެން، ހާއްސަ އިނާމުތަކެއް ހޯދުމުގެ ފުރުސަތު ވަނީ ހުޅުވާލިއިރު، އިނާމުތަކުގެ ތެރޭގައި 10 ޖީބީ ހިލޭ ޑޭޓާ، އެއާޕޮޑްސް، ސެމްސަން އެސް 25 ފޯން، އެއް ޓީބީ ހިލޭ ޑޭޓާ އަދި ސްވިޓްޒަރލޭންޑަށް ޗުއްޓީ ދަތުރެއް ހިމެނެ އެވެ.

ދިރާގުން ދަނީ ކޮންމެ އަހަރަކު ވެސް އެ ކުންފުނީގެ ކަސްޓަމަރުންނަށް ތަފާތު އެކި ޕްރޮމޯޝަންތައް ހިންގައި، ކަސްޓަމަރުންނަށް އަގުހުރި އިނާމުތައް ދެމުންނެވެ.