Advertisement

އާއިލާގެ އަބުރާ ގުޅޭ ސުވާލެއް ކުރުމުން ރައީސް ވިދާޅުވީ އަބުރު ނަގާލުން ހުއްޓުވުނުގެ މަސައްކަތް ގައުމުގެ ހައްގުގައި ކުރަންޖެހޭ ކަމަށް

22 އޭޕްރީލް 2025 - 21:19 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައީސް ޑރ. މުހައްމަދު މުއިއްޒު އަނބިކަނބަލުން ސާޖިދާ މުހައްދު އާއެކު : އަބުރު ނަގާލުން ހުއްޓުވަން މަސައްކަތް ކުރަންޖެހޭ ކަމަށް ރައީސް މިރޭ ވިދާޅުވި --- ފޮޓޯ: ރައީސް އޮފީސް


އާއިލާގެ އަބުރާ ގުޅޭ ސުވާލެއް ކުރުމުން ރައީސް ވިދާޅުވީ އަބުރު ނަގާލުން ހުއްޓުވުނުގެ މަސައްކަތް ގައުމުގެ ހައްގުގައި ކުރަންޖެހޭ ކަމަށް

22 އޭޕްރީލް 2025 - 21:19 0

އަބުރު ނަގާލުން ހުއްޓުވުމަށް މުޅި ގައުމުގެ ހައްގުގައި މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޒުވާނުންގެ ގައުމީ ލަފާދޭ ކޮމިޓީގައި ހިމެނޭ މެންބަރަކު ހުށަހަޅައިދޭ ޕޮޑްކާސްޓެއްގައި ވާހަކަ ދައްކަވަމުން ރައީސް އެހެން ވިދާޅުވީ އާއިލާއަށް ކުރިމަތިވާ ފާޑުކިޔުންތަކާ ކުރިމަތިލަނީ ކިހިނެތްތޯ ސުވާލުކުރުމުންނެވެ.

އެގޮތުން ރައީސް ވިދާޅުވީ އާއިލާއާ ދިމާލަށް ތަފާތު އެއްޗެހި ގޮވައި، ދޮގު އިލްޒާމުތައް އަޅުވަމުންދާތީ ހިތާމަކުރާ ކަމަށެވެ. މިކަންކަމުގައި ކެތްތެރިކަން އިސްކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

""މިކަންތައް އެހެން ހުރިހާ ފެމިލީޒް އަކަށް ވެސް ސްޕްރެޑް ވަންޏާ މިގޮތަށް ފޯލްސް އެކިއުޒޭޝަންސް އާ މިކަހަލަ އަބުރު ނަގާލަން މަސައްކަތް ކުރުމާއި، މުޅި ގައުމުގެ ހައްގުގަ ކުރަން ޖެހޭ ބައެއް މަސައްކަތް ކުރަންޖެހޭނެ. އެކަމަކު ޕާސަނަލީ ވަރަށް ކެތްތެރިވަން،" އެމަނިކުފާނު ވިދާޅުވި އެވެ.

އާއިލާ ދެކެ ވަރަށް ލޯބިވާ ކަމަށާއި އެމަނިކުފާނުގެ ދަރިންނަކީ ވަރަށް ރަނގަޅު، ބަރާބަރަށް ނަމާދުކުރާ، ދުވަހަކު ވެސް ގޯސް ކަމެއް ނުކުރާ ކުދިންތަކެއް ކަމަށް ރައީސް ވިދާޅުވި އެވެ. އެ ކުދިންނާ ގުޅުވައި ދައްކާ ވާހަކަތަކުން ވަރަށް އަސަރުކުރާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އަބަދުވެސް ވަރަށް އިސްކުރަން ކެތްތެރިކަން، ކަންތައްތަކުގަ. ޕޭޝަންސް ޓެސްޓު ކުރޭ އެބަ ޓު ދަ ލިމިޓް،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު މި ބީދައިން ވާހަކަ ދައްކަވާފައިވާއިރު، ރައީސްގެ ދަރިކަލުން، އުމައިރު މުހައްމަދު މުއިއްޒުގެ ވާހަކަދެއްކި ކަމަށް ބުނާ މައްސަލައިގައި އެމްޑީޕީގެ އެކްޓިވިސްޓު، މަރިޔަމް ޒުބައިރު (މަންދީ) އާއި އެ ޕާޓީގެ ޗެއާޕާސަން، ފައްޔާޒް އިސްމާއިލްގެ އިތުރުން އެމްޑީޕީގެ މައްޗަށް ސިވިލް ކޯޓާއި ފެމިލީ ކޯޓުގައި ރައީސްގެ އަނބިކަނބަލުން، ސާޖިދާ މުހައްމަދު ވަނީ ދައުވާތަކެއް އުފުލައިފަ އެވެ.

މަންދީ އާއި ފައްޔާޒްގެ އިތުރުން އެމްޑީޕީގެ މައްޗަށް ސާޖިދާ ދައުވާ ކޮށްފައި މިވަނީ އެ ކަމަނާގެ ދަރިކަލުންނަށް ނިސްބަތްކޮށް އެމްޑީޕީގެ މުޒާހަރާއެއްގައި ދެއްކި ކަމަށް ބުނާ ވާހަކަތަކާ ގުޅިގެންނެވެ. އެކަމާ ގުޅިގެން މީގެ ކުރިން ސާޖިދާ ނެރުއްވި ނޫސްބަޔާނެއްގައި ބުނީ އުމެއިރު އަކީ ދުވަހަކު ވެސް ދުންފަތުގެ އިސްތިއުމާލު ކުރި ކުއްޖެއް ނޫން ކަމަށެވެ.