Advertisement

ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ޒުވާނާ ވެންޓިލޭޓަރުން ނަގައިފި

22 އޭޕްރީލް 2025 - 22:10 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ދަރުމަވަންތަ ހޮސްޕިޓަލް: ފުރާޅުމައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ޒުވާނާ ވެންޓިލޭޓަރުން ވަނީ ނަގާފައި -- ފޮޓޯ: އަދަދު ފައިލް


ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ޒުވާނާ ވެންޓިލޭޓަރުން ނަގައިފި

22 އޭޕްރީލް 2025 - 22:10 0

މިދިޔަ ހުކުރު ދުވަހު ހެންވޭރު ގެއެއްގެ ފުރާޅު މައްޗަށް އުސް އިމާރާތަކުން ވެއްޓުނު ޒުވާނާ އައިޖީއެމްއެޗް ހޮސްޕިޓަލުގައި ވެންޓިލޭޓަރު ގުޅައިގެން ފަރުވާ ދިނުމަށްފަހު ހާލު ކުޑަކޮށް ރަނގަޅުވުމުން މެޝިނުން ނަގައިފި އެވެ.

އައިޖީއެމްއެޗް ހޮސްޕިޓަލުން ބުނީ އުމުރުން 21 އަހަރުގެ އެ ޒުވާނާގެ ހާލު އަދިވެސް ސީރިއަސް ކަމަށެވެ. ނަމަވެސް މިހާރު ވެންޓިލޭޓަރުން ނަގާފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

ފުރާޅުމައްޗަށް އެ ޒުވާނާ ވެއްޓިފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ ހެނދުނު 7:23 ހާއިރެެވ. އޭނާ ހޮސްޕިޓަލަށް ގެންދިޔައީ އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއުގެ އެހީތެރިކަމާއެކުގަ އެވެ.

އަދަދު އަށް އެކި މަސްދަރުތަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ޒުވާނާ ވެއްޓުނީ އުސް އިމާރާތެއްގެ މަތީ ފްލޯއަކުންނެވެ. އެކަމަކު މިހާތަނަށް ވެސް އޭނާ ވެއްޓުނީ ކޮން ފްލޯއަކުން ކަމެއް ޔަގީނެއް ނުވެ އެވެ.

މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނައިރު، މިހާތަނަށް އެކަމާ ގުޅޭ އެއްވެސް ތަފްސީލެއް ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް އެ މައްސަލައިގެ މައުލޫމާތު ދިނުމަށް މިރޭ ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.