Advertisement

ދެ އަހަރަށްފަހު ލީޑްސް އެނބުރި ޕްރިމިއާ ލީގަށް

22 އޭޕްރީލް 2025 - 13:06 0


ދެ އަހަރަށްފަހު ލީޑްސް އެނބުރި ޕްރިމިއާ ލީގަށް

22 އޭޕްރީލް 2025 - 13:06 0

ލީޑްސް (އޭޕްރީލް 22) - ދެ އަހަރަށްފަހު ލީޑްސް ޔުނައިޓެޑް އެނބުރި ޕްރިމިއާ ލީގަށް ޕްރޮމޯޓުވެއްޖެ އެވެ.

ޕްރިމިއާ ލީގަށް ލީޑްސް ޕްރޮމޯޓުވީ ޝެފީލްޑް ޔުނައިޓެޑް އަތުން ބާންލީ 2-1 ގެ ނަތީޖާ އަކުން ބަލިވުމާއެކު ލީޑްސް އިން 6-0 ގެ ތަފާތު ބޮޑު ނަތީޖާ އަކުން ސްޓްރޯކް ސިޓީ ބަލިކުރުމުންނެވެ.

ލީޑްސް ޕްރިމިއާ ލީގަށް ޕްރޮމޯޓުވިއިރު، އެ ޓީމަށް ޗެމްޕިއަންޝިޕުގައި ބާކީ ދެ މެޗު އެބައޮތެވެ. އެއީ ބްރިސްޓަލް ސިޓީއާ ދެކޮޅަށް ކުޅޭ މެޗާއި، ޕްލޭމައުތާ ދެކޮޅަށް ކުޅޭ މެޗެވެ. މި ދެ މެޗު ކާމިޔާބުކޮށްފި ނަމަ ލީޑްސް އަށް ޗެމްޕިއަންޝިޕް ކާމިޔާބުކުރެވޭނެ އެވެ.

ލީޑްސް ޗެމްޕިއަންޝިޕުގެ އެއްވަނައިގައި އޮތީ ކުޅުނު 44 މެޗުން 94 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް ބާންލީ އަށް ވެސް 44 މެޗުން 94 ޕޮއިންޓް ވަނީ ލިބިފަ އެވެ.

ލީޑްސްގެ އިތުރުން ބާންލީ ވެސް ވަނީ ޕްރިމިއާ ލީގަށް ޕްރޮމޯޓުވެފަ އެވެ.