Advertisement

އަންޗެލޮޓީ އަށް ލިބޭ ފަހު ފުރުސަތަކީ ސްޕެނިޝް ކަޕް؟

22 އޭޕްރީލް 2025 - 07:00 0


އަންޗެލޮޓީ އަށް ލިބޭ ފަހު ފުރުސަތަކީ ސްޕެނިޝް ކަޕް؟

22 އޭޕްރީލް 2025 - 07:00 0

މެޑްރިޑް (އޭޕްރީލް 22) - ރެއާލް މެޑްރިޑްގެ ކޯޗު ކާލޯ އަންޗެލޮޓީގެ މުސްތަގުބލާ މެދު ގޮތެއް ނިންމާނީ ސްޕެނިޝް ކަޕުގެ ފައިނަލަށް ފަހު ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މި ފަހުން، ރެއާލުން ދައްކަމުން އަންނަ ދަށް ކުޅުމުގެ ސަބަބުން އެ ޓީމުގެ ކޯޗު އަންޗެލޮޓީގެ މަގާމު ގެއްލިދާނެ ކަމުގެ ބިރު ވަނީ ހީވެފަ އެވެ. އަދި ސީޒަން ނިމުމުން އަންޗެލޮޓީ މަގާމުން ވަކިކުރާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ރެއާލާ އެކު އެންމެ ގިނަ ތަށި އުފުލާލި ކޯޗަށް ފަހު ފުރުސަތެއްގެ ގޮތުން ސްޕެނިޝް ކަޕުގެ ފައިނަލް ކާމިޔާބުކުރަން ކްލަބްގެ ބޯޑުން ވަނީ ހުށަހަޅައިފަ އެވެ.

އެ ގޮތުން، އަންޗެލޮޓީއާ އެކު ކްލަބްގެ މެނޭޖުމަންޓުން ބޭއްވި ބައްދަލުވުމުގައި ސްޕެނިޝް ކަޕް އެ ޓީމަށް ކާމިޔާބު ނުކުރެވިއްޖެނަމަ މަގާމުން އޭނާ ވަކިކުރަން ނިންމާފައިވާކަން ކްލަބުން ވަނީ ހިއްސާ ކޮށްފައި ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އަންޗެލޮޓީގެ ބަދަލުގައި ރެއާލުން އަންނަ ސީޒަނަށް ފާރަލަމުން އަންނަނީ ބަޔާ ލެވަކޫސަންގެ ކޯޗު ޒަބީ އަލޮންސޯ އަށެވެ.

މީގެ ކުރިން ކުޅުންތެރިއެއްގެ ގޮތުގައި ރެއާލާއެކު ކާމިޔާބު ދުވަސްތަކެއް ހޭދަކުރި އަލޮންސޯ ހޯދަން ރެއާލުން މަޝްވަރާ ފަށާފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.