Advertisement

މާލޭގެ ކެފޭއެއްގެ ތެރޭގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދީފި

21 އޭޕްރީލް 2025 - 17:24 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މާލޭގެ މަގެއްގެ މަތީގެ ޓްރެފިކް ފުލުހަކު ބަލަހައްޓަނީ؛ މާރާމާރީ ހިންގާފައި ވަނީ މާފަންނު ކެފޭއެއްގެ ތެރޭގައި -- ފޮޓޯ: އަދަދު ފައިލް


މާލޭގެ ކެފޭއެއްގެ ތެރޭގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދީފި

21 އޭޕްރީލް 2025 - 17:24 0

މާލޭގެ ކެފޭއެއްގެ ތެރޭގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދީ ޒަހަމުކޮށްލައިފި އެވެ.

މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ ޒަހަމުކޮށްލާފައި ވަނީ 22 އަހަރުގެ ދިވެހި ޒުވާނެއް ކަމަށެވެ. އޭނާއަށް އައިޖީއެމް ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުންޏެވެ.

މާރާމާރީ ހިންގާފައި ވަނީ މިއަދު ހަވީރު 3:30 ހާއިރު މާފަންނުގައި ހުންނަ ކެފޭއެއްގެ ތެރޭގައި ކަމަށް ފުލުހުން ބުންޏެވެ. އެއީ ކޮން ކެފޭއެއް ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

އެ މައްްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.