Advertisement

އުމުރުން 88 އަހަރުގައި ޕޯޕް ފްރާންސިސް މަރުވެއްޖެ

21 އޭޕްރީލް 2025 - 13:21 5

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ކެތޮލިކް ޗާޗުގެ އެންމެ އިސް ފާދިރީ، ފްރާންސިސް -- ފޮޓޯ: ރުއިޓާސް


އުމުރުން 88 އަހަރުގައި ޕޯޕް ފްރާންސިސް މަރުވެއްޖެ

21 އޭޕްރީލް 2025 - 13:21 5

ކެތޮލިކް ޗާޗުގެ އެންމެ އިސް ފާދިރީ، ހޮރްހޭ މާރިއޯ ބެރްގޯލިއޯ (ޕޯޕް ފްރާންސިސް) އުމުރުން 88 އަހަރުގައި މަރުވެއްޖެ އެވެ.

އޭނާ މަރުވީ މިއަދު ހެނދުނުކަން ވެޓިކަން ކެމަލެންގޯ ކެވިން ފެރެލް އިން ވަނީ ކަށަވަރު ކޮށްދީފަ އެވެ.

ޕޯޕް ފްރާންސިސް މަރުވީ ފުއްޕާމެއަށް ޖެހޭ ބައްޔެއް ކަމަށްވާ ނިއުމޯނިއާއަށް ފަރުވާ ހޯދަމުން ދަނިކޮށެވެ. އެ ބައްޔަށް ފަރުވާ ދިނުމަށް މީގެ ހަފުތާތަކެއް ކުރިން ފެށިގެން އޭނާ އޮތީ ރޯމްގެ ޖެމެލީ ހޮސްޕިޓަލުގައި އެނދުމަތި ވެސް ކޮށްފަ އެވެ.

ނަމަވެސް ބަލި ހާލަތު އެހެން ހުއްޓައި ވެސް އިއްޔެ އެނާ ވަނީ ވެޓިކަން ސިޓީގެ ސެއިންޓް ޕީޓާ ސްކުއާއަށް ގޮސް ކްރިސްޓިއަނުން ފާހަގަކުރާ އީސްޓާ ސަންޑޭގައި ބައިވެރިވެފަ އެވެ. ޕޯޕް ފްރާންސިސްއަކީ ފާއިތުވި 12 އަހަރު ވެސް ކެތޮލިކް ޗާޗުގެ އެންމެ އިސް ފާދިރީ އެވެ.