Advertisement

ދިރާގު ކަސްޓަމަރުންނަށް ރީލޯޑް ކޮށްގެން 60،000ރ. ހޯދުމުގެ ފުރުސަތު

21 އޭޕްރީލް 2025 - 14:15 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ދިރާގު ކަސްޓަމަރުންނަށް ރީލޯޑް ކޮށްގެން 60،000ރ. ހޯދުމުގެ ފުރުސަތު

21 އޭޕްރީލް 2025 - 14:15 0

ދިރާގު ޕްރިޕެއިޑް ކަސްޓަމަރުންނަށް ރީލޯޑްކޮށްގެން 60،000ރ. ހޯދުމުގެ ފުރުސަތު އެ ކުންފުނިން ހުޅުވާލައިފި އެވެ.

ދިރާގުން ބުނީ މޭ 31، ގެ ނިޔަލަށް ކުރިއަށްދާ އެ ޕްރޮމޯޝަންގެ ދަށުން ހަފްތާއަކު ޖުމްލަ 300ރ. އަށްވުރެ ގިނައިން ރީލޯޑުކުރާ ނުވަތަ ޑޭޓާ އެޑް-އޮން އެކްޓިވޭޓް ކުރާ ދިރާގު ޕްރިޕެއިޑް ކަސްޓަމަރުންގެ މެދުގައި ނަގާ ގުރުއަތުގެ ނަސީބުވެރިއަކަށް 10،000ރ. ލިބޭނެ ކަމަށެވެ.

ދިރާގު ޕްރިޕެއިޑް ކަސްޓަމަރުންނަށް 20ރ. އިން މަތިން ކުރާ ކޮންމެ ރީލޯޑަކަށް ޕްރޮމޯޝަންގެ ދަށުން 1ޓީބީ އާ ހަމައަށް ޑޭޓާ މުޅިން ހިލޭ ލިބޭނެ ކަމަށް ވެސް ދިރާގުން ބުންޏެވެ.

މީގެއިތުރުން، އެ ޕްރޮމޯޝަންގައި ދިރާގުއެޕް، ދިރާގުޕޭ، މައިއެކައުންޓް ނުވަތަ ދިރާގުގެ ޕާޓްނާ ފިހާރަތައް މެދުވެރިކޮށް ރީލޯޑްކޮށްގެން ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.

އެކި ކަސްޓަމަރުންގެ ބޭނުންތަކަށް ހާއްސަކޮށްގެން، ތަފާތު ޑޭޓާ އެލަވަންސްތަކާއި ވެލިޑިޓީ އިހްތިޔާރުކުރެވޭ ގޮތަށް އެކިއެކި ޕްރިޕެއިޑް ޕްލޭންތައް ދިރާގުން ދަނީ ފޯރުކޮށްދެމުންނެވެ.

ދިރާގުން އަންނަނީ ކަސްޓަމަރުން ޝައުގުވެރިވާ އެކި ޕްރޮމޯޝަންތައް ހިންގައި، ބޮޑެތި ފައިސާގެ އިނާމު އަދި އަގުހުރި އިނާމު ކަސްޓަމަރުންނަށް ދެމުންނެވެ.