Advertisement

ހުލާސާކޮށް އިއްޔެ: ބޭނުން ދީނަކަށް އުޅުމުގެ މިނިިވަންކަމަށް މަސައްކަތް ކުރަން ގޮވާލާ އދ. ގެ ގަރާރެއްގެ ދެލިކޮޕީއަކަށް ރާއްޖެއިން ވޯޓު ދިނުން

21 އޭޕްރީލް 2025 - 06:06 0


ހުލާސާކޮށް އިއްޔެ: ބޭނުން ދީނަކަށް އުޅުމުގެ މިނިިވަންކަމަށް މަސައްކަތް ކުރަން ގޮވާލާ އދ. ގެ ގަރާރެއްގެ ދެލިކޮޕީއަކަށް ރާއްޖެއިން ވޯޓު ދިނުން

21 އޭޕްރީލް 2025 - 06:06 0

އދ. އިން ޔޫރަޕިއަން ކައުންސިލާ ގުޅިގެން، އެމީހަކު ބޭނުންވާ ދީނަކަށް އުޅުމުގެ މިނިވަންކަން ކުރިއަރުވަން ގޮވާލާ ގަރާރެއްގެ ދެލިކޮޕީ އަށް ދިވެހިރާއްޖެއިން ވޯޓު ދީފި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

އެ ވޯޓު އޮތީ މިދިޔަ ބުދަ ދުވަހެވެ. އެ ގަރާރަށް ކިޔާ ނަމަކީ "ކޯޕަރޭޝަން ބިޓްވީން ދަ ޔުނައިޓެޑް ނޭޝަންސް އެންޑް ދަ ކައުންސިލް އޮފް ޔޫރަޕް" އެވެ. ބުދަ ދުވަހު ފާސް ކުރީ އެ އދ. ގެ 81 ވަނަ އާންމު މަޖިލީހަށް އެ ގަރާރު ހުށަހެޅުމަށެވެ.

އެ ގަރާރުގައި، "ހުރިހާ އިންސާނީ ހައްގުތަކެއް" ހިމާޔަތްކޮށް ކުރިއެރުވުމަށް އދ. އިން ޔޫރަޕިއަން ކައުންސިލާއެކު މަސައްކަތް ކުރަން ގޮވާލާފައިވެ އެވެ. އޭގެ ތެރޭގައި އެމީހަކު ބޭނުންވާ ދީނަކަށް އުޅުމުގެ މިނިވަންކަމާއި ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ހިމެނެ އެވެ.

އޭގެ އިތުރުން، ޔޫރަޕިއަން ކައުންސިލާ ގުޅިގެން ޓެރަރިޒަމްއާ ދެކޮޅަށް މަސައްކަތް ކުރުމަށާއި މުޖްތަމައެއްގައި ހިމެނޭ "އެންމެންގެ ހައްގު" އެއްވެސް ތަފާތު ކުރުމެއް ނެތި ދިނުމަށް ވެސް އެ ގަރާރުގައި ގޮވާލަ އެވެ.

އެ ގަރާރުު ތަންފީޒު ކުރުމާ ބެހޭ ރިޕޯޓެއް އދ. ގެ 81 ވަނަ އާންމު މަޖިލީހަށް ހުށަހެޅުމަށް ވެސް އެ ގަރާރުގައި ގޮވާލާފައިވެ އެވެ.

އެ ގަރާރު ފާސް ކުރީ ރާއްޖެ ހިމެނޭ ގޮތަށް 105 ގައުމެއްގެ ވޯޓާއެކު އެވެ. އެ ގަރާރަށް ވޯޓު ނުދިނީ ނުވަ ގައުމަކުންނެވެ. ވޯޓު ނުދިން ގައުމުތަކުގެ ތެރޭގައި އެމެރިކާ އާއި ރަޝިޔާ ހިމެނެ އެވެ. ޖުމުލަ 33 ގައުމަކުން އެ ވޯޓުގައި ބައިވެރިނުވެ އެވެ. އޭގެ ތެރޭގައި ސައުދީ އަރަބިއްޔާ އާއި އިންޑިއާ އާއި ސްރީ ލަންކާ އާއި ޗައިނާ އާއި އޮމާން އާއިި ޕާކިސްތާނާއި ކުވައިތު އާއި ޔަމަން އަދި މިސްރު ހިމެނެ އެވެ.

ވޯޓު ނުދިން ގައުމުތަކުން އެ ގަރާރަށް ވޯޓު ނުދިނީ، ރަޝިޔާ އާއި ޔޫކްރެއިންއާ ދެމެދު ހިނގަމުުންދާ ހަނގުރާމައިގައި ރަޝިޔާ ކުށްވެރި ކުރާ މޭރުމުން ގަރާރު ލިޔެފައި އޮތުމުންނެވެ.

މުހިއްމު ބައެއް ހަބަރު