Advertisement

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މާދަމާ ނުބާއްވަން ނިންމައިފި

20 އޭޕްރީލް 2025 - 18:16 0

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ގަވާއިދުގައި ބުނެފައިވާ ގޮތުން ހަފުތާއަކު ތިން ޖަލްސާ ބޭއްވުން ލާޒިމު -- ފޮޓޯ: މަޖިލިސް


ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މާދަމާ ނުބާއްވަން ނިންމައިފި

20 އޭޕްރީލް 2025 - 18:16 0

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މާދަމާ ނުބާއްވަން ނިންމައި މަޖިލީހުގެ އިދާރާއިން އެކަން މެންބަރުންނަށް އަންގައިފި އެވެ.

މަޖިލީހުގެ އިދާރާއިން މެންބަރުންނަށް ފޮނުވި މެސެޖެއްގައި ބުނެފައި އޮތީ "މާދަމާ މަޖިލީހުގެ ޖަލްސާއެއް ނޯންނަ ވާހަކަ ދަންނަވަން" ކަމަށެވެ. ޖަލްސާއެއް ނުބާއްވާ ސަބަބު މަޖިލީހުން ހާމައެއް ނުކުރެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ތިން ޖަލްސާ މިދިޔަ ހަފުތާގައި ބޭއްވި އެވެ. އެކަމަކު، އޭގެ ކުރިން ނިމުނު ހަފުތާގައި ބޭއްވި އެންމެ ޖަލްސާއެކެވެ. ނަމަވެސް މަޖިލީހުގެ ގަވާއިދުގައި ބުނެފައިވާ ގޮތުން ހަފުތާއަކު މަދުވެގެން ތިން ޖަލްސާ ބާއްވަންޖެހެ އެވެ.

މަޖިލީހުގެ ޖަލްސާތައް އާންމުކޮށް ބާއްވަނީ ހޯމަ، އަންގާރަ އަދި ބުދަ ދުވަހެވެ. އެހެންކަމުން މި ހަފުތާގެ ރަސްމީ ދުވަސްތަކުގައި ތިން ޖަލްސާ ހަމަކުރާ ނަމަ އާންމުކޮށް ޖަލްސާ ނުބާއްވާ ބުރާސްފަތި ދުވަހު ވެސް ޖަލްސާއެއް ބާއްވަންޖެހޭނެ އެވެ.

އްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 47 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން އެ މަޖިލީހުގެ ޖަލްސާއެއް މަދުވެގެން ހަފުތާއެކު ތިން ދުވަހު ބާއްވަންޖެހެ އެވެ. އެހެންކަމުން ޖަލްސާ ބާއްވަންޖެހޭ ގާނޫނީ އަދަދު ދެން ހަމަ ކުރެވޭނީ ހުކުރު އަދި ހޮނިހިރު ދުވަހު ވެސް ޖަލްސާއެއް ބާއްވައިގެންނެވެ.

މަޖިލީހުގެ ގަވާއިދުގެ 25 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން، ކޮންމެ އަހަރަކު ވެސް މަޖިލިސް ބައްދަލުވާނެ ދުވަސްތަކުގެ ކަލަންޑަރެއް އެ އަހަރެއްގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ އޮންނަ ދުވަހު އާންމު ކުރަންޖެހެ އެވެ. ނަމަވެސް އެފަދަ ކަލެންޑަރެއް މަޖިލީހުން އާންމުކޮށްފައެއް ނުވެ އެވެ.

ގާނޫނީ އަދަދު ހަމަވާ މިންވަރަށް ވެސް މި ހަފުތާގައި މަޖިލީހުގެ ޖަލްސާތައް ނުބޭއްވިއިރު، ގާނޫނީ ރިފޯމް އެޖެންޑާގެ ދަށުން 200 ބިލު ހުށަހަޅާނެ ކަމަށް ސަރުކާރުން އޮތީ ބުނެފަ އެވެ. ނަމަވެސް އޭގެ ތެރެއިން މިހާތަނަށް ހުށަހަޅާފައި ވަނީ ވަރަށް މަދު ބިލެކެވެ.

"އެފަދަ ބިލްތަކާއި މިފަދަ އެތަށް ކަމެއް ހިމެނޭ ގޮތަށް މުޅި މެނިފެސްޓޯގައި ހުރި މިހުރިހާ ވައުދެއް ފުއްދުމަށް 200 އަށް ވުރެ ގިނަ އިސްލާހާ، އާ ބިލުތައް ފާސްކުރުމަށް މަޖިލީހުގެ އެހީތެރިކަން ބޭނުންވޭ،" އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.