Advertisement

ދިރާގު ފުވައްމުލައް ރަން 2025 ގެ ބިބް އަދި ރޭސް ކިޓް މިއަދު ދޫކުރަނީ

20 އޭޕްރީލް 2025 - 10:32 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ކުރިން ބޭއްވި ރޯޑް ރޭސްއަށް ބިބު ދޫކުރަނީ: މިއީ އަހަރަކު އެއް ފަހަރަކު ދިރާގުން އިންޒާމުކޮށްގެން ބާއްވާ ދުވުމެއް --- ފޮޓޯ: ދިރާގު


ދިރާގު ފުވައްމުލައް ރަން 2025 ގެ ބިބް އަދި ރޭސް ކިޓް މިއަދު ދޫކުރަނީ

20 އޭޕްރީލް 2025 - 10:32 0

ދިރާގު ފުވައްމުލައް ރަން 2025 (ޑީއެފްއާރު) ގެ ބިބް އަދި ރޭސް ކިޓް މިއަދު ދޫކުރަން ފަށަން ތައްޔާރުވެއްޖެ އެވެ.

ޑީއެފްއާރުގެ ބިބް އެކްސްޕޯ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަދާއި މާދަމާ އަމީނީ މަގުގައި ހުންނަ ދިރާގު ހެޑް އޮފީހުގެ ފުރަތަމަ ފަންގިފިލާގައި ގާއިމްކޮށްފައިވާ ބިބް އެކްސްޕޯ ސެންޓަރުގަ އެވެ.

ބިބް އެކްސްޕޯގެ ތެރެއިން ދުވުންތެރިންނަށް ބިބް އަދި ރޭސް ކިޓް ހަވާލުކުރާނެ އެވެ.

ބިބް އެކްސްޕޯ މިއަދު ކުރިއަށްދާނީ:

• މެންދުރު ފަހު 2:00 އިން ހަވީރު 6:00 އަށް.

• ރޭގަނޑު 8:00 އިން 10:00 އަށް.

ބިބް އެކްސްޕޯ މާދަމާ ކުރިއަށްދާނީ:

• ހެނދުނުގެ 9:00 އިން މެންދުރު 12:00 އަށް.

• މެންދުރު ފަހު 2:00 އިން ހަވީރު 6:00 އަށް.

• ރޭގަނޑު 8:00 އިން 10:00 އަށް.

ބިބް އެކްސްޕޯ މާލޭގައި ކުރިއަށް ގެންދިޔުމަށްފަހު ފުވައްމުލައް ސިޓީގައި އެ އެކްސްޕޯ ކުރިއަށް ގެންދާނީ އެޕްރިލް 30، އަދި މެއި 1، ގައި ފުވައްމުލައް ސިޓީ ކައުންސިލް އޮފީހުގެ ކުރުނދުމާ މާލަމުގަ އެވެ.

ފުވައްމުލަކުގައި ބިބް އެކްސްޕޯ ކުރިއަށްދާނީ:

• ހެނދުނުގެ 9:00 އިން މެންދުރު 12:00 އަށް .

• މެންދުރު ފަހު 2:00 އިން ހަވީރު 6:00 އަށް.

• ރޭގަނޑު 8:00 އިން 10:00 އަށް.

ދިރާގުން ބުނީ ރޭސް ކިޓް ހަވާލުކުރާނީ ދުވުންތެރިޔާގެ އައިޑީ ކާޑް ނުވަތަ އައިޑީ ކާޑުގެ ފޮޓޯއެއް އަދި ބިބް ނަންބަރު ހުށަހެޅުމުން ކަމަށެވެ.

"ކޮންމެ ރޭސް ކިޓެއްގައި ވެސް ޓައިމިން ޗިޕް އެކުލެވޭ ބިބް، ޓީޝާޓު، ސްޓްރިންގް ބޭގް އަދި ހަތަރު ނަރުދަތި ހިމެނެ،" ދިރާގުން ބުންޏެވެ.

ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ މަގުބޫލު ދުވުން ކަމުގައިވާ ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ މުޅިން އައު އެޑިޝަނެއް ކަމުގައިވާ ދިރާގު ފުވައްމުލައް ރަން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މެއި 2، ވާ ހުކުރު ދުވަހެވެ.