Advertisement

ކުޅުދުއްފުށި އެއާޕޯޓު ފެންސުގައި އަނެއްކާ ވެސް ޕިކަޕެއް ޖެހިއްޖެ

20 އޭޕްރީލް 2025 - 09:18 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ކުޅުދުއްފުށި އެއާޕޯޓުގެ ފެންސުގައި ޕިކަޕަކުން ޖެހި އަނެއްކާ ވެސް އެކްސިޑެންޓެއް ހިނގުން: މިއީ މި އަހަރުގެ އެ އެއާޕޯޓުގެ ފެންސެއްގައި ޕިކަޕަކުން ޖެހުނު ދެވަނަ ފަހަރު -- ފޮޓޯ: ސޯޝަލް މީޑިއާ


ކުޅުދުއްފުށި އެއާޕޯޓު ފެންސުގައި އަނެއްކާ ވެސް ޕިކަޕެއް ޖެހިއްޖެ

20 އޭޕްރީލް 2025 - 09:18 0

ކުޅުދުއްފުށި ސިޓީގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ޕިކަޕެއް ކޮންޓްރޯލް ނުވެ ގޮސް، އެއާޕޯޓު ފެންސުގައި ޖެހި ރޭ އެކްސިޑެންޓުވެއްޖެ އެވެ.

ފުލުހުން ބުނީ ރޭ 23:41 ހާއިރު ރިޕޯޓު ލިބުނު އެ އެކްސިޑެންޓުގައި ޕިކަޕަށް ގެއްލުންވީ ނަމަވެސް، އެއްވެސް މީހަކަށް އެކްސިޑެންޓުގައި އަނިޔާވެފައި ނުވާ ކަމަށެވެ.

"ކުޅުދުއްފުށި އެއާޕޯޓު ޓާމިނަލް ކައިރިން އިރަށް ގޮސް ކުޅި ކައިރިން ލަނބާލާ ކަންމަތި ގައި ޖެހި އެކްސިޑެންޓުވީ. އެއާޕޯޓު ފެންސްއިން ގާތްގަނޑަކަށް 75 ފޫޓު އެކްސިޑެންޓުވީ ދިމާލުން ވަނީ އަރި އަޅާލާފައި. އަދި ޕިކަޕަށް ގެއްލުން ވެފައިވޭ،" ފުލުހުން ބުންޏެވެ.

އެކްސިޑެންޓުވީ ޕިކަޕް ދުއްވަން އިނީ 25 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ އަތުގައި އެ ކެޓަގަރީގެ އުޅަނދު ދުއްވުމުގެ ލައިސަންސެއް ނޯވެ އެވެ. ފުލުހުން އިތުރަށް ބުނީ އެކްސިޑެންޓާ ގުޅިގެން ޕިކަޕް ޓޯކޮށް، މައްސަލަ ގެންދަނީ ތަހުގީގު ކުރަމުން ކަމަށެވެ.

ކުޅުދުއްފުށި ސިޓީގައި ކުޑަކުއްޖަކު ޕިކަޕެއް ދުއްވަނިކޮށް ކޮންޓްރޯލުން ނެއްޓި، އެ ރަށު އެއާޕޯޓު ފެންސުގައި ޖެހި މިދިޔަ ޖެނުއަރީ 27، ގައި ވެސް އެކްސިޑެންޓެއް ހިނގާފައިވެ އެވެ.