Advertisement

ފުރާޅު މައްޗަށް ވެއްޓުނު ޒުވާނާއަށް ފަރުވާ ދެނީ ވެންޓިލޭޓަރުގައި

19 އޭޕްރީލް 2025 - 11:47 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

އައިޖީއެމް ހޮސްޕިޓަލުގެ އިމަޖެންސީ ފަޅި؛ ވެއްޓުނު އަންހެން މީހާއަށް ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގެ އެހީގައި -- ފޮޓޯ: އަދަދު


ފުރާޅު މައްޗަށް ވެއްޓުނު ޒުވާނާއަށް ފަރުވާ ދެނީ ވެންޓިލޭޓަރުގައި

19 އޭޕްރީލް 2025 - 11:47 0

ހެންވޭރު ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވައި އިއްޔެ ފެނުނު ޒުވާނައަށް ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައި ބާއްވައިގެން ކަމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލު (އައިޖީއެމްއެޗު) އިން މިއަދު ބުނެފި އެވެ.

އައިޖީއެމްއެޗުން ބުނީ އެ ޒުވާނާއަށް ފަރުވާ ދެމުން އަންނަނީ އައިސީޔޫގައި ކަމަށެވެ. އޭނާގެ ހާލަތާ ގުޅޭ އިތުރު މައުލޫމާތެއް އެ ހޮސްޕިޓަލުން ނުދެ އެވެ.

ހެންވޭރު ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވައި އިއްޔެ ފެނުނީ 21 އަހަރުގެ އަންހެނެއް ކަމަށް ފުލުހުން ބުންޏެވެ. ފުރާޅު މައްޗަށް އެ ޒުވާނާ ވެއްޓިފައި އޮތް ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ އިއްޔެ ހެނދުނު 7:23 ގައި ކަމަށް އެ އިދާރާއިން ބުންޏެވެ.

އެ ޒުވާނާ ހޮސްޕިޓަލަށް ގެންދިޔައީ އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއުގެ އެހީތެރިކަން ހޯދައިގެންނެވެ.

ނަމަވެސް އެ ޒުވާނާ ފުރާޅު މައްޗަށް ވެއްޓުނީ ކިހިނެއް ކަމެއް އަދި އެ މައްސަލައިގައި މީހަކު ހައްޔަރު ކުރިކަމެއް މިހާތަނަށް ފުލުހުން ނުބުނެ އެވެ.

ދައުރުވަމުންދާ ވީޑިއޯ އާއި ފޮޓޯތަކުން ފެންނަ ގޮތުގައި އެ ޒުވާނާ ވެއްޓިފައި ވަނީ އުސް އިމާރާތެއްގެ މަތިން ކަމަށް ބެލެވެ އެވެ. ފުލުހުން ގެންދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.