Advertisement

ހުލާސާކޮށް އިއްޔެ: ރައީސް އާއި ސާޖިދާ އަށް ޔާމީންގެ އިލްތިމާސްއެއް

19 އޭޕްރީލް 2025 - 06:11 0

ޔާމީން ރައީސް ކަމުގައި ހުންނެވި ދުވަސްވަރު އޭރުގެ ހައުސިން މިނިސްޓަރު އަދި މިހާރު ރައީސުޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާ ސަލާމްކުރައްވަނީ. -- ފޮޓޯ: ރައީސް އޮފީސް


ހުލާސާކޮށް އިއްޔެ: ރައީސް އާއި ސާޖިދާ އަށް ޔާމީންގެ އިލްތިމާސްއެއް

19 އޭޕްރީލް 2025 - 06:11 0

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އާއިލީ މައްސަލަތައް ހައްލު ކުރާނީ ދައުލަތުގެ މުއައްސަސާތައް ބޭނުން ކޮށްގެން ނޫން ކަމަށާއި، އެކަން ހައްލު ކުރަން ޖެހޭނީ އާއިލާގެ ތެރެއިން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

ޕީއެންއެފްއިން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ޔާމީން މިހެން ވިދާޅުވީ އެ ޕާޓީއަށް ނިސްބަތްވާ ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދު އާއި އެކްޓިވިސްޓަކު ރައީސް މުއިއްޒުގެ ދޮށީ ދަރިކަލުންގެ ކަރާމާތަށް އަރައިގަތް ކަމަށް ތުހުމަތުކޮށް ފުލުހުން މައްސަލަ ބަލަހަން ފަށާފައި ވަނިކޮށެވެ.

"ފަސްޓު ލޭޑީ އާއި ފަސްޓް ފެމިލީ އަކީ އެއީ ޕަބްލިކް ޑޮމެއިންއަށް އަންނަ ބައެކޭ ވެރިކަމަށް އަންނަ ހިސާބުން. އެހެންވީމާ އެ މީހުންގެ ސުލޫކީ އެއްވެސް ކަމެއް އުޅެންޏާ އެ ވާހަކަ ދައްކާނެ، އެ މީހުން ރުހުނަސް ނުރުހުނަސް އެއީ ދައްކާނެ ވާހަކަ. އެއީ ޕަބްލިކް އަތްޖެހޭ ހިސާބުގައި ތިބި ބަޔަކަށް ވާންޖެހެނީ،" ޔާމީން ވިދާޅުވި އެވެ.

މުހިއްމު ބައެއް ހަބަރު