Advertisement

މަސްޖިދުއް ނަބަވީގެ އިމާމް ރާއްޖެ ވަޑައިގަންނަވަނީ، ހުކުރު ހުތުބާއަކާއި ދަރުހެއް ދެއްވާނެ

18 އޭޕްރީލް 2025 - 23:12 0

އިމާމް ޑރ. ސަލާހުލްބުދައިރު: މީގެ ކުރިން މައްކާގެ ހަރަމްފުޅުގެ އިމާމް ވެސް ރާއްޖެ ވަޑައިގެންފައިވޭ -- ފޮޓޯ: ހަރަމަައިން


މަސްޖިދުއް ނަބަވީގެ އިމާމް ރާއްޖެ ވަޑައިގަންނަވަނީ، ހުކުރު ހުތުބާއަކާއި ދަރުހެއް ދެއްވާނެ

18 އޭޕްރީލް 2025 - 23:12 0

ސަރުކާރުގެ ދައުވަތަކަސް މަސްޖިދުއް ނަބަވީގެ އިމާމް ޑރ. ސަލާހުލްބުދައިރު ދިވެހިރާއްޖެއަށް ޒިޔާރަތް ކުރައްވަން ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީ އިން މިއަދު ބުނެފި އެވެ.

ޑރ. ސަލާހުލްބުދައިރު ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހޯމަ ދުވަހެވެ. ނަބަވީގެ އިމާމް ރާއްޖެއަށް ކުރައްވާ ދަތުރުގައި އިސްލާމީ މަރުކަޒުގައި ހުކުރު ހުތުބާއެއް ދެއްވާނެ އެވެ. އަދި ދީނީ ދަރުހެއް ވެސް ދެއްވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

އޭގެ އިތުރުން، ޑރ. ސަލާހުލްބުދައިރުގެ ދަތުރުގައި ރާއްޖޭގެ ދީނީ އިލްމުވެރިންނާ ބައްދަލު ކުރައްވައި، ރާއްޖޭގެ ބައެއް ދީނީ އިދާރާތަކަށް ޒިޔާރަތް ކުރައްވާނެ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީ އިން ބުނެ އެވެ.

ޑރ. ސަލާހުލްބުދައިރަކީ ރީތިކޮށް ގުރްއާން ވިދާޅުވުމަށް މަޝްހޫރު ބޭފުޅެކެވެ. މަސްޖިދުއް ނަބަވީގައި އިމާމުވެވަޑައިގެން ތަރާވީހު ކުރައްވަނީ ޑރ. ސަލާހުލްބުދައިރު އެވެ.