Advertisement

މަތީ އިމާރާތަކުން ގެއެއްގެ ފުރާޅުމައްޗަށް ވެއްޓިފައި އޮތް ޒުވާން އަންހެނަކަށް ފަރުވާދެނީ

18 އޭޕްރީލް 2025 - 18:05 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އައިޖީއެމްއެޗް: ފުރާޅުމައްޗަށް ވެއްޓިފައި އޮތް ދިވެހި އަންހެނަކަށް އެ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުން -- ފޮޓޯ: އަދަދު ފައިލް


މަތީ އިމާރާތަކުން ގެއެއްގެ ފުރާޅުމައްޗަށް ވެއްޓިފައި އޮތް ޒުވާން އަންހެނަކަށް ފަރުވާދެނީ

18 އޭޕްރީލް 2025 - 18:05 0

ހެންވޭރު ގެއެއްގެ ފުރާޅުމައްޗަށް ވެއްޓިފައި އޮތް ޒުވާން އަންހެނަކު އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފަށައިފި އެވެ.

ފުލުހުން ބުނީ 21 އަހަރުގެ އެ އަންހެން މީހާ ފުރާޅު މައްޗަށް ވެއްޓިފައިވާ ކަމުގެ މައުލޫމާތު ހެނދުނު 7:23 ހާއިރު ލިބިގެން ހޮސްޕިޓަލަށް ގެންދިޔައީ އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއުގެ އެހީތެރިކަމާ އެކު ކަމަށެވެ.

އަންހެން މީހާއަށް ލިބިފައިވާ ޒަހަމްތަކުގެ ތަފްސީލެއް ފުލުހުންގެ އިތުރުން އައިޖީއެމްއެޗް އިން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯއިން ފެންނަ ގޮތުގައި އެ އަންހެން މީހާ ފުރާޅުމައްޗަށް ވެއްޓިފައި ވަނީ އިމާރާތެއްގެ މަތިން ކަމަށް ބެލެވެ އެވެ.

އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.