17 އޭޕްރީލް 2025 - 23:56 1
އަހުމަދު އާއިދު
ފަނޑިޔާރު އަހުމަދު ފައިސަލް ---
17 އޭޕްރީލް 2025 - 23:56 1
ހައި ކޯޓުގެ އިސް ފަނޑިޔާރަކަށް އެ ކޯޓުގެ ފަނޑިޔާރު އަހުމަދު ފައިސަލް ހަމަޖައްސަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.
ޖޭއެސްސީން މިގޮތަށް ނިންމީ މިރޭ ބޭއްވި އެ ކައުންސިލްގެ ބައްދަލުވުމުގަ އެވެ. އެކަން މި ނޫހަށް ވަނީ ކަށަވަރުވެފަ އެވެ.
ހައި ކޯޓުގެ އިސް ފަނޑިޔާރުގެ މަގާމު ހުސްވީ، އެ މަގާމުގައި ކުރިން ހުންނެވި ހުސައިން ޝަހީދު ސުޕްރީމް ކޯޓަށް އައްޔަންކުރުމާ ގުޅިގެންނެވެ. ޝަހީދު ވަކިވުމާއެކު މިއަދާ ހަމައަށް ވަގުތީ ގޮތުން ހައި ކޯޓު ހިންގެވީވެސް ފައިސަލް އެވެ.
އޭނާ ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރީ ޖުލައި 24، 2018 ގަ އެވެ. އޭނާ ވަނީ މީގެ ކުރިން ޖޭއެސްސީގެ މެންބަރުކަންވެސް ކުރައްވާފަ އެވެ.
ފައިސަލް އަކީ ރާއްޖޭގެ ކޮލެޖް އޮފް އިސްލާމިކް ސްޓަޑީޒް އިން ޝަރީއަތާ ގާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. ފަނޑިޔާރަކަށް ވެވަޑައިގަތުމުގެ ކުރިން މަސައްކަތް ކުރެއްވީ ވަކީލެއްގެ ގޮތުގަ އެވެ.
Comment