Advertisement

ރެއާލުން ކޯޗު ބަދަލުކުރިޔަސް އަންޗެލޮޓީގެ ޝަކުވާއެއް ނެތް

18 އޭޕްރީލް 2025 - 10:14 0


ރެއާލުން ކޯޗު ބަދަލުކުރިޔަސް އަންޗެލޮޓީގެ ޝަކުވާއެއް ނެތް

18 އޭޕްރީލް 2025 - 10:14 0

މެޑްރިޑް (އޭޕްރީލް 18) - ރެއާލް މެޑްރިޑުން އެ ޓީމުގެ ކޯޗު ކާލޯ އަންޗެލޮޓީ ވަކިކުރަން ބޭނުންނަމަ، އެކަމާ ޝަކުވާއެއް ނެތް ކަމަށް އަންޗެލޮޓީ ބުނެފި އެވެ.

ރެއާލުން މި ސީޒަނުގައި އެއް ފެންވަރެއްގައި ރަނގަޅު ކުޅުން ގިނަ މެޗުތަކުގައި ނުދެއްކޭއިރު، ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ދެ ލެގަށް ބަލާއިރު އާސެނަލާ ދެކޮޅަށް ދެއްކި ކުޅުން ދަށްކަމުން އަންޗެލޮޓީ އަށް ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ. އަދި، އޭނާ ކޯޗުކަމުން ވަކިކުރަން އުޅޭކަމުގެ އަޑުތައް ވަނީ ގަދަވެފަ އެވެ.

ސްޕެއިނުގެ ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުން، މި މަހު ބާސެލޯނާއާ ދެކޮޅަށް ކުޅޭ ކޮޕަ ޑެލް ރޭ ފައިނަލަށް ފަހު، އަންޗެލޮޓީ، ރެއާލްގެ ކޯޗުކަމުން ވަކިވާނެ އެވެ.

މުސްތަގުބަލާ ގުޅޭގޮތުން އަމާޒުވި ސުވާލަކަށް ދިން ޖަވާބުގައި، އަންޗެލޮޓީ ބުނީ، ރެއާލުގެ ކޯޗުކަމުން އޭނާ ވަކިކުރަން ބޭނުންނަމަ އެ ކަމާ ދެެކޮޅު ހެދުމުގެ ވިސްނުމެއް ނެތް ކަމަށެވެ. އަބަދުވެސް، ރެއާލަށް ޝުކުރުވެރިވާނެ ކަމަށް އަންޗެލޮޓީ ވަނީ ބުނެފަ އެވެ.

"އަހަރެންގެ އެއްވެސް ޝަކުވާއެއް ނެތް މަގާމުން ދުރުކުރިޔަސް. އެކަމަކު އަހަރެން އަބަދުވެސް ރެއާލަށް ޝުކުރުވެރިވާނަން" އަންޗެލޮޓީ ބުންޏެވެ.

އަންޗެލޮޓީ ވަކިކޮށް ރެއާލުން ގެންނަން މަޝްވަރާކުރާ ކޯޗުންނަކީ ރެއާލުގެ ކުރީގެ ކުޅުންތެރިޔާ، ބަޔާ ލެވަކޫސަންގެ ކޯޗު ޒަބީ އަލޮންސޯ އާއި ނުވަ އަހަރު ލިވަޕޫލްގައި މަސައްކަތްކޮށް މިދިޔަ ސީޒަނަށް ފަހު އެ ޓީމު ދޫކޮށްލި ޖަރުމަނުގެ ކޯޗު ޔާގަން ކްލޮޕް އެވެ.