Advertisement

ރައީސްގެ ދަރިކަލުންގެ ކަރާމާތަށް އަރައިގަތްކަމުގެ ތުހުމަތުގައި ކުރީގެ ޕޮލިސް ކޮމިޝަނަރު ޕޮލިހަށް ހާޒިރު ކުރަނީ

17 އޭޕްރީލް 2025 - 08:22 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ޕީޕީއެމްގެ ބައްދަލުވުމެއްގައި އޭރު އެ ޕާޓީގެ ރައީސް އަކަށް ހުންނެވި ކުރީގެ ރައީސް ޔާމީން (މ) އާއި ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދު (ވ) އަދި ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު.


ރައީސްގެ ދަރިކަލުންގެ ކަރާމާތަށް އަރައިގަތްކަމުގެ ތުހުމަތުގައި ކުރީގެ ޕޮލިސް ކޮމިޝަނަރު ޕޮލިހަށް ހާޒިރު ކުރަނީ

17 އޭޕްރީލް 2025 - 08:22 1

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލެއްގެ ކަރާމާތަށް އަރައިގަތް ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގެ ތަހުގީގަށް ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދު މިއަދު ޕޮލިހަށް ހާޒިރު ވުމަށް އަންގައިފި އެވެ.

އަދަދު ނޫހަށް އެނގިފައިވާ ގޮތުގައި "ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން އަންގަ ގޮތަށް ވާހަކަ ދައްކާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ"އެއްގައި ހުސައިން ވަހީދުގެ އިތުރުން، ކުރީގެ ރައީސް އަބްދުﷲ ޔާމީން އުފައްދާފައިވާ ޕީއެންއެފްގެ އެކްޓިވިސްޓަކު ވެސް މިއަދު ޕޮލިހަށް ހާޒިރުވުމަށް ވަނީ އަންގައިފަ އެވެ.

ކުރީގެ ޕޮލިސް ކޮމިޝަނަރު ޕޮލިހަށް ހާޒިރު ކުރަނީ ހަވީރު 4:00 އަށެވެ.

ރައީސްގެ ދަރިކަލެއްގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް ވާހަކަ ދެއްކި ކަމަށް ބުނާ މައްސަލައެއްގައި އެމްޑީޕީގެ އެކްޓިވިސްޓު، މަރިޔަމް ޒުބައިރު (މަންދީ) އާއި އެ ޕާޓީގެ ޗެއާޕާސަން، ފައްޔާޒް އިސްމާއިލްގެ އިތުރުން އެމްޑީޕީގެ މައްޗަށް ސިވިލް ކޯޓާއި ފެމިލީ ކޯޓުގައި ރައީސްގެ އަނބިކަނބަލުން، ސާޖިދާ މުހައްމަދު އިއްޔެ ވަނީ ދައުވާ ކޮށްފަ އެވެ.

ސާޖިދާގެ ފަރާތުން އެ މައްސަލައިގައި ދައުވާ އުފުލާފައި ވަނީ ކުރީގެ ބަންޑާރަނައިބު އާޒިމާ ޝަކޫރުގެ ލޯފާމުންނެވެ.

އެ ލޯ ފާމުން ނެރުނު ނޫސްބަޔާނެއްގައި ބުނީ މަންދީ އާއި ފައްޔާޒްގެ އިތުރުން އެމްޑީޕީގެ މައްޗަށް ދައުވާ އުފުލީ ރައީސްގެ ދަރިކަލަކަށް ނިސްބަތްކޮށް ދެއްކި ވާހަކަތަކެއްގެ ސަބަބުން އެކުއްޖާގެ ނަފުސަށާއި ފުރާނައަށް ނުރައްކާވެދާނެ ހާލަތެއް މެދުވެރިކުރުވައި އެ ކުއްޖާގެ ކިޔެވުމާއި މުސްތަގުބަލަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ފަދަ ހާލަތެއް މެދުވެރުކޮށްފައި ވަތީ ކަމަށެވެ.

މަރިޔަމް ޒުބައިރާއި ފައްޔާޒުގެ މައްސަލަތައް، ސާޖިދާ ޕޮލިހަށް ވެސް ހުށަހަޅާފައި ވެ އެވެ.

ރައީސްގެ ދަރިކަލެއްގެ ކަރާމާތަށް އަރައިގަތް ކަމަށް ތުހުމަތު ކުރަނީ އެ ކުއްޖާ ދުންފަތު އިސްތިއުމާލު ކުރާ ކަމާއި ރާއްޖޭގައި ވޭޕު ބޭނުން ކުރުން މަނާކުރީ އެ ކުއްޖާ ވޭޕުކުރާތީ ކަމަށް ތުހުމަތުކޮށް ދައްކަމުންދާ ވާހަކަތަކާ ގުޅިގެންނެވެ.

އެ ތުހުމަތުތައް ސާޖިދާ ވަނީ ދޮގުކުރައްވައިފަ އެވެ.