Advertisement

ރައީސް މުއިއްޒު މެލޭޝިޔާއަށް ފުރާ ދުވަހާ ދިމާކޮށް މޯލްޑިވިއަނުން ކޭއެލްއަށް ކުރާ ދަތުރުގެ އަގު ވަރަށް ބޮޑަށް ދަށްކޮށްފި

16 އޭޕްރީލް 2025 - 19:11 0

ރައީސް މުއިއްޒު: މެލޭޝިޔާއަށް ވަޑައިގަންނަވަނީ ބޯޓެއް ޗާޓަރުކޮށްގެން ކަމަށް ވަނީ އަޑު ފެތުރިފައި -- ފޮޓޯ: ރައީސް އޮފީސް


ރައީސް މުއިއްޒު މެލޭޝިޔާއަށް ފުރާ ދުވަހާ ދިމާކޮށް މޯލްޑިވިއަނުން ކޭއެލްއަށް ކުރާ ދަތުރުގެ އަގު ވަރަށް ބޮޑަށް ދަށްކޮށްފި

16 އޭޕްރީލް 2025 - 19:11 0

މި ހިނގާ އޭޕްރީލް މަހު ރައީސް މުހައްމަދު މުއިއްޒު މެލޭޝިޔާއަށް ދަތުރު ކުރައްވާ ދުވަހު މޯލްޑިވިއަން އިން އެ ގައުމަށް ފުރުވާލާ ބޯޓުުގައި ދަތުރު ކުރުމުގެ އަގު ވަރަށް ބޮޑުތަނުން ތިރިކޮށްފި އެވެ.

ރައީސް މުއިއްޒު މެލޭޝިޔާއަށް ވަޑައިގަންނަވަނީ އޭޕްރީލް 27، ގަ އެވެ. މޯލްޑިވިއަންް އިން ވެސް މެލޭޝިޔާއަށް އަގުހެޔޮ ދަތުރެއް އަޅަނީ ހަމަ އެ ދުވަހެވެ. އަދި ކުއާލާ ލަމްޕޫރުން މާލެއަށް އޭޕްރީލް 29، ގައި ވެސް މޯލްޑިވައަންގެ ބޯޓެއް ދަތުރު ކުރެ އެވެ.

ހުޅުލެއިން ފުރާއިރު އެއްކޮޅު ޓިކެޓެއް ވިއްކަން އެންމެ ފުރަތަމަ މޯލްޑިވިއަނުން އިއުލާނު ކުރީ 99 ޑޮލަރަށެވެ. އެކަމަކު މިއަދު އެ އަގު ވަނީ 78 ޑޮލަރަށް ތިރިކޮށްފަ އެވެ. ކުއާލާ ލަމްޕޫރުން މާލެއަށް ފުރާ ދަތުރުގެ ޓިކެޓު ވިއްކަން އެންމެ ފުރަތަމަ އިއުލާނު ކުރީ 149 ޑޮލަރަށެވެ. މިއަދު އެ އަގު ވަނީ 99 ޑޮލަރަށް ތިރިކޮށްފަ އެވެ.

މޯލްޑިވިއަން އިން މެލޭޝިޔާއަށް އަގުހެޔޮ ދެކޮޅު ދަތުރެއް އަޅަން ނިންމީ ބޯޓެއް ޗާޓަރުކޮށްގެން، ރައީސް މުއިއްޒު މެލޭޝިޔާއަށް ވަޑައިގަންނަވަން އުޅޭކަމުގެ އަޑު ފެތުރިފައި އޮއްވަ އެވެ. ނަމަވެސް އެކަން ސަރުކާރުން ޔަގީނެއް ނުކޮށްދެ އެވެ.

މި ނޫހުން ގުޅުމުން ރައީސް އޮފީހުން ބުނީ ރައީސް ކުރައްވާ ދަތުރުތަކުގެ މައުލޫމާތު، ދަތުރު ހަމަޖެހުމުން އެ އޮފީހުން ރަސްމީކޮށް ހިއްސާ ކުރާނެ ކަމަށެވެ.

ރައީސް މުއިއްޒު މެލޭޝިޔާއަށް ވަޑައިގަންނަވާ ދަތުރުގައި އެ ގައުމުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލު ކުރައްވާނެ އެވެ. މެލޭޝިޔާގައި ގާތްގަނޑަކަށް 3،000 ދިވެހިން ދިރިއުޅެ އެވެ.

މިއީ މި އަހަރު ރައީސް ރާއްޖެއިން ބޭރަށް ކުރައްވާ ތިން ވަނަ ދަތުރެވެ. މި އަހަރުގެ ޖެނުއަރީ މަހު ރައީސް ވަނީ އެސްޓޯނިއާއަށް ރަސްމީ ދަތުރެއް ކުރައްވައިފަ އެވެ. އޭގެ ފަހުން މިދިޔަ މަހު އެމަނިކުފާނު ވަނީ އިނގިރޭސިވިލާތަށް ވެސް ވަޑައިގެންފަ އެވެ.