ރަސްމީ ދަތުރެއްގައި ރައީސް މުއިއްޒު މެލޭޝިއާއަށް ވަޑައިގަންނަވަނީ

16 އޭޕްރީލް 2025 - 08:19 0

ރައީސް މުއިއްޒު: މެލޭޝިޔާއަށް ވަޑައިގަންނަވަނީ މި ހިނގާ އޭޕްރީލް 27، ގައި -- ފޮޓޯ: ރައީސް އޮފީސް


ރަސްމީ ދަތުރެއްގައި ރައީސް މުއިއްޒު މެލޭޝިއާއަށް ވަޑައިގަންނަވަނީ

16 އޭޕްރީލް 2025 - 08:19 0

ރަސްމީ ދަތުރެއްގައި ރައީސް މުހައްމަދު މުއިއްޒު މެލޭޝިޔާއަށް ފުރާވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ.

މި ނޫހަށް އެނގިފައިވާ ގޮތުގައި ރައީސް މުއިއްޒު މެލޭޝިޔާއަށް ވަޑައިގަންނަވާނީ މި ހިނގާ އޭޕްރީލް 27، ގައި ކަމަށެވެ.

ރައީސް ކުރައްވާ ދަތުރަކީ މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު ބިން އިބްރާހިމްގެ ދައުވަތަކަށް ކުރައްވާ ދަތުރެއް ކަމަށް ވެސް އެނގިފައިވެ އެވެ.

ރައީސް މުއިއްޒު މެލޭޝިޔާއަށް ކުރައްވާ ދަތުރާ ގުޅޭ މައުލޫމާތު ހޯދުމަށް މި ނޫހުން ރައީސް އޮފީހުން ގުޅުމުން ބުނީ، ރައީސް ކުރައްވާ ދަތުރުތައް ހަމަޖެހުމުން އެ އޮފީހުން ރަސްމީކޮށް އެ މައުލޫމާތު އާންމު ކުރަމުންދާނެ އެވެ.

ރައީސް މުއިއްޒު މެލޭޝިޔާއަށް ވަޑައިގަންނަވާ ދަތުރުގައި އެ ގައުމުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލު ކުރައްވާނެ އެވެ. މެލޭޝިޔާގައި ގާތްގަނޑަކަށް 3،000 ދިވެހިން ދިރިއުޅެ އެވެ.

މިއީ މި އަހަރު ރައީސް ރާއްޖެއިން ބޭރަށް ކުރައްވާ ތިން ވަނަ ދަތުރެވެ. މި އަހަރުގެ ޖެނުއަރީ މަހު ރައީސް ވަނީ އެސްޓޯނިއާއަށް ރަސްމީ ދަތުރެއް ކުރައްވައިފަ އެވެ. އޭގެ ފަހުން މިދިޔަ މަހު އެމަނިކުފާނު ވަނީ އިނގިރޭސިވިލާތަށް ވެސް ވަޑައިގެންފަ އެވެ.