އިސްކަންދަރު ސްކޫލުގެ ދަރިވަރުންތަކަކަށް މަޖުބޫރު ކުރުވައިގެން ގަދަކަމުން ބޯކޮށުވައިފި

އިސްކަންދަރު ސްކޫލުގައި މިދިޔަ ހޮނިހިރު ދުވަހުގެރޭ އޮތް ގްރެޖުއޭޝަނަށް ސްކޫލް ތައްޔާރު ކޮށްފައި؛ އެ ޖަލްސާއަށް ދިޔަ ގިނަ ކުދިންތަކެއްގެ ބޯ ސްކޫލުން ގަދަކަމުން ކޮށުވި ކަމަށް ބެލެނިވެރިން ތުހުމަތު ކުރޭ -- ފޮޓޯ: އިސްކަންދަރު ސްކޫލް

އިސްކަންދަރު ސްކޫލުގައި މިދިޔަ ހޮނިހިރު ދުވަހުގެރޭ އޮތް ގްރެޖުއޭޝަނަށް ސްކޫލް ތައްޔާރު ކޮށްފައި؛ އެ ޖަލްސާއަށް ދިޔަ ގިނަ ކުދިންތަކެއްގެ ބޯ ސްކޫލުން ގަދަކަމުން ކޮށުވި ކަމަށް ބެލެނިވެރިން ތުހުމަތު ކުރޭ -- ފޮޓޯ: އިސްކަންދަރު ސްކޫލް

އިސްކަންދަރު ސްކޫލުގެ ގްރެޖުއޭޝަނަށް ދިޔަ ދަރިވަރުންތަކެއްގެ ބެލެނިވެރިންނަށް ނާންގައި ސްކޫލްގެ މެނޭޖުމެންޓުން މަޖުބޫރުކުރުވައިގެން އެ ކުދިންގެ ބޮލާއި ތުނބުޅި މަތިމަސް ގަދަކަމުން ކޮށުވި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ސްކޫލުގެ މެނޭޖުމެންޓުން ގަދަކަމުން ބޮލާއި ތުނބުޅި މަތިމަސް ކޮށުވި ދަރިވަރެެއްގެ މަންމަ އަދަދު އާ ވާހަކަދައްކަމުން ބުނީ އޭނާގެ ދަރިފުޅުގެ ބޯ ކޮށުވީ ގްރެޖުއޭޝަން ޖަލްސާ ފެށެން ބައި ގަޑިއެއްހާއިރަށް ވެފައި ހުއްޓައި ސްކޫލުގެ ފާހާނާ ތެރެއަށް ވައްދައި މަޖުބޫރު ކުރުވައިގެން ދަރިފުޅު ލައްވައި ކަމަށެވެ.

"ފުރަތަމަ ގެންދިޔައީ ޝޭޑީކެބިން ކައިރީގައި ހުރި ވީ ސެލޫންއަށް، ގެންގޮސް އެތަނުން ތުނބުޅި މަތިމަސް ކޮށުވަން އުޅުނީ ސްކޫލުގެ ލީޑިން ޓީޗަރެެއް، އެ މީހުންނަށް އެތަނުން ކޮށުނީ ހަމައެކަނި ދަރިފުޅުގެ މަތިމަސް، ދެން ދަރިފުޅު ބުނީ ބޮލެއް ނުކޮށާނަމޭ އެތަނަކުން، ކިޔާފައި ދެކޮޅު ހަދާފައި ސްކޫލަށް ދިޔައީ،" މި ނޫހާ ވާހަކަދެއްކި ބެލެނިވެރިޔާ ބުންޏެވެ.

Advertisement

އޭނާ ބުނީ ބޯކޮށަން ދެކޮޅު ހެދުމަށްފަހު އޭނާގެ ދަރިފުޅު ސްކޫލަށް ގޮސް ގެއަށް ފޮނުވައިދޭން ލީޑިން ޓީޗަރުންގެ ގާތުގައި އެދުނު ކަމަށެވެ.

ނަމަވެސް އެވަގުތު އެތަނުގައި ހާޒިރުވެ ތިބި ލީޑިން ޓީޗަރުން އެކަމަށް ދެކޮޅު ހަދައި ގެއަށް ވެސް ނުދެވޭނެ ކަމަށް ދަރިވަރު ގާތުގައި ބުނި ކަމަށެވެ. އަދި ގްރެޖުއޭޝަންގައި ވެސް ބައިވެރިވާން ޖެހޭނެކަމަށް ބުނެ އެ ކުއްޖާއަށް ބޯ ކޮށަން މަޖުބޫރު ކުރިވި ކަމަށް ބެލެނިވެރިޔާ ބުންޏެވެ.

"ދެން ދަރިފުޅު ކައިރީގައި ބުނީ އަމިއްލައަށް އެހެންވިއްޔާ ބޯ ކޮށާށޭ ކަތުރެއް ދީފައި، ދެން ވެސް ދަރިފުޅު ދެކޮޅު ހެދީމަ އެތަނުގައި ހުރި ޓީޗަރެއް ބުނީ ދަރިފުޅު ގާތުގައި ބޯ ކޮށާށޭ، ލީޑިން ޓީޗަރުން އެތިބީ ދޫކުރާ ގޮތަކަށް ނޫނޭ، ބުނީމަ ފާހާނާއަށް ވަދެ އަމިއްލައަށް ދަރިފުޅު ބޯކޮށީ،" ބެލެނިވެރިޔާ ބުންޏެވެ.

އެ ކުއްޖާއަކީ ދުވަހަކު ވެސް އަމިއްލަ ނަފުސަށް ގެއްލުމެއް ދިން ކުއްޖެއް ނޫންކަން ފާހަގަކޮށް ބެލެނިވެރިޔާ ބުނީ ބެލެނިވެރިޔާއަށް ނާންގައި މަޖުބޫރު ކުރުވައިގެން އަމިއްލަ އަތުން ދަރިފުޅުގެ ބޯ ކޮށަން މަޖުބޫރު ކުރުމަކީ ދިން އަނިޔާއެއް ކަމަށެވެ. އަދި ޖީސީއީ އޯލެވަލް ފެށެން ކުޑަ ދުވަސްކޮޅަކަށްވެފައި އޮއްވައި އެފަދަ އަނިޔާއެއް ދިނުމުން ކުއްޖާއަށް ވަރަށް ބޮޑަށް އަސަރު ކޮށްފައިވާ ކަމަށް ބެލެނިވެރިޔާ ބުންޏެވެ.

"އަޅުގަނޑު ޕްރިންސިޕަލް ގާތުގައި ބުނިން ކިހާ ބޮޑު އަނިޔާއެއްހެއްޔޭ ތިޔަ ދިނީ، މުޅި ހަޔާތުގައި ތައްޔާރު އެވީ ޖީސީއީ އޯލެވެލްއަށޭ، އެކަމަކު ޓެސްޓު ފެށެން މިހާ ކައިރިވެފައި އޮއްވައި ދަރިފުޅުގެ މުޅި ކިޔެވުން ހަލާކު ކޮށްލީނުންހެއްޔޭ ބޯ ކޮށުވަންށޭ ކިޔާފައި،" ބެލެނިވެރިޔާ ބުންޏެވެ.

އޭނާ ބުނީ އެ މައްސަލަ އިއްޔެ އެޑިއުކޭޝަން މިނިސްޓްރީއަށް ވެސް ސިޓީއަކުން ހުށަހެޅި ކަމަށެވެ. ނަމަވެސް އެޑިއުކޭޝަނުން އެ ސިޓީއަށް އަދިވެސް ޖަވާބެއް ދީފައި ނުވާ ކަމަށް ބެލެނިވެރިޔާ ބުންޏެވެ.

އެނގިފައިވާ ގޮތުގައި އެ ކުއްޖާގެ އިތުރުން ވެސް އެ ރޭގެ ގްރެޖުއޭޝަނަށް ދިޔަ ބައެއް އެހެން ކުދިންގެ ބޯ ސްކޫލުން ގަދަމުން ކޮށުވި އެވެ. އޭގެ ތެރެއިން ބައެއް ކުދިންގެ ބޯ ކޮށުވީ އެ ކުދިންގެ ބެލެނިވެރިންނަށް ގުޅައިގެން ކަމަށް މި ނޫހަށް މައުލޫމާތު ދިން މީހުން ބުންޏެވެ.

އެގޮތުން މި ނޫހަށް ވަނީ ކުދިންގެ ބޯ ކޮށުވަން ގެންދިޔަ ސެލޫންއަށް އިސްކަންދަރު ސްކޫލުގެ ޓީޗަރެއްގެ އެކައުންޓުން އެރޭ ފައިސާ ޓްރާންސްފާ ކޮށްފައި ހުރި ސްލިޕްތަކެއް ލިބިފަ އެވެ. އެ ސްލިޕްތަކުން އެނގޭ ގޮތުގައި މިދިޔަ ހޮނިހިރު ދުވަހުގެރޭ 7:50 ހާއިރުން ފެށިގެން ގޮސް 9:00 އާ ދޭތެރޭގައި އެ ސްކޫލުގެ ލީޑިން ޓީޗަރެއްގެ އެކައުންޓުން އެ ސެލޫންއަށް އެކު ޖުމުލަ 600ރ. އެކި ފަހަރު މަތިން ފޮނުވާފައިވެ އެވެ.

މި މައްސަލައާ ގުޅޭގޮތުން އެޑިއުކޭޝަނުން ވެސް އަދި އިސްކަންދަރު ސްކޫލުން ވެސް އަދި ބަހެއް ނުބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލޭ ބަނދަރު ތިލަފުއްޓަށް ބަދަލު ކުރުމުގެ މަސައްކަތް ފަށައިފި

މާލޭ ވިޔަފާރި ބަނދަރުން ދެމުންއައި ކަނޑުމަގުން ކޮންޓޭނަރު ކްލިއާކުރުމުގެ ޚިދުމަތް، ތިލަފުށީގައި އަލަށް ހެދި ކީވޯލް ސަރަހައްދަށް މިހާރު ވަނީ ބަދަލުކޮށްފައެވެ. މި ބަދަލާއެކު ހުޅުމާލެ ޓާމިނަލްގެ އޮޕަރޭޝަންތަކަށް ލުއިލިބޭނެ ކަމަށް އެމްޕީއެލްއިން ބުނާއިރު، ކާބޯތަކެއްޗާއި ބޭހުގެ ބާވަތްތައް އަދިވެސް މާލެ އާއި ހުޅުމާލެއިން ކްލިއާ ކުރެވޭނެއެވެ.

ހުރިހާ ދީންތައް ހިމާޔަތް ކުރަން ހުށަހެޅި ބިލު މަޖިލީހުން ނަގައިފި

ގާނޫނުލް އުގޫބާތަށް ގެންނަ އިސްލާހުތަކަކުން ހުރިހާ ދީންތަކެއް ހިމާޔަތް ކުރަން މަޖިލީހަށް ބިލެއް ހުށަހެޅީ ސަރުކާރުގެ ފަރާތުން މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު އެވެ. އެ ބިލު ތައްޔާރު ކުރެއްވީ ބަންޑާރަނައިބު އަހުމަދު އުޝާމް އެވެ.

ކޮމާޝާލް އެގްރީމެންޓް ރައްޔިތުންނަށް އެނގޭކަށް ނުޖެހޭ: ފަޒީލް

ރަސްމާލެ މަޝްރޫއު ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގެ ތަފްސީލު ރައްޔިތުންނަށް އެނގެން ނުޖެހޭ ކަމަށާއި، އެއީ ދޭދޭ ފަރުދުންގެ މެދުގައި ވެފައިވާ އެއްބަސްވުމެއް ފަދަ ކަމެއް ކަމަށް މެންބަރު ފަޒީލް ވިދާޅުވެއްޖެއެވެ.

ރަސްމާލޭގެ ލީސް އާވާ ކޮންމެ ފަހަރަކު 99 އަހަރު ލިބޭ

ރައީސް އެހެން ވިދާޅުވީ ވެރިކަން ކުރާ ޕީއެންސީގެ މަޖިލިސް މެންބަރުންނާއި ކެބިނެޓު މެންބަރުންނާއެކު މިއަދު މެންދުރު މުލީއާގޭގައި ބޭއްވި ބައްދަލުވުމެއްގަ އެވެ. ރައީސް އެހެން ވިދާޅުވިކަން އެ ބައްދަލުވުމުގައި ބައިވެރިވި މަސްދަރަކުން ވަނީ އަދަދު އަށް ކަށަވަރުކޮށްދީފަ އެވެ.

ރަސްމާލެ ވިއްކާ އެއްބަސްވުމުގަ ނޮވެމްބަރު 17 ގެ ކުރިން ސޮއިކުރަނީ

ރަސްމާލޭގެ 500 ހެކްޓަރު އީގަލް ހިލްސްއަށް ވިއްކާލުމުގެ ދާއިމީ އެއްބަސްވުމުގައި ނޮވެމްބަރު 17، ގެ ކުރިން ސޮއި ކުރާނެ ކަމަށް މުއިއްޒު، މެންބަރުންނަށް އެންގެވި ކަމަށް އެ ބައްދަލުވުމުގައި ބައިވެރިވި މަސްދަރަކުން ބުންޏެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

ދީނާ އެއް އަހަރާއި ހަތް މަހަށް ޖަލަށް ލާން ހުކުމްކޮށްފި

ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށް ސާބިތުވެ އޭނާގެ މައްޗަށް މި ހުކުމް އައީ ފެނަކައަށް 8 ލައްކައަށް ވުރެ ގިނަ ރުފިޔާގެ ގެއްލުން ލިބުނު މައްސަލައެއްގައެވެ. މީގެ އިތުރުން ކޮރަޕްޝަނުގެ އިތުރު ދެ މައްސަލައެއްގެ ދައުވާ ވެސް ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވެއެވެ.

Newsletter

Get the latest news delivered straight to your inbox