15 އޭޕްރީލް 2025 - 02:53 0
15 އޭޕްރީލް 2025 - 02:53 0
ނޭޕްލްސް، އިޓަލީ (އޭޕްރީލް 15) - އިޓާލިއަން ލީގުގައި ރޭ އެމްޕޮލީ އަތުން 3-0 އިން ހޯދި ފުރިހަމަ މޮޅާ އެކު، ނަޕޯލީން ލީގުގެ އެއް ވަނައިގައި އޮތް އިންޓަ މިލާނާ ދެމެދުގައިވާ ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފި އެވެ.
އިންޓަ، އެއް ވަނައިގައި އޮތީ 32 މެޗުން 71 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ނަޕޯލީ އަށް 32 މެޗުން ވަނީ 68 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް އެޓަލަންޓާ އަށް 32 މެޗުން ވަނީ 61 ޕޮއިންޓް ލިބިފަ އެވެ.
ނަޕޯލީގެ ޑިއޭގޯ އަރްމާންޑޯ މަރަޑޯނާ ސްޓޭޑިއަމްގައި ކުޅުނު މެޗުގެ 18 ވަނަ މިނިޓްގައި އެ ޓީމަށް ލީޑުނަގައިދިނީ ސްކޮޓްލެންޑްގެ މިޑްފީލްޑަރު، ސްކޮޓް މެކްޓޮމިނޭ އެވެ. މިއީ، ރޮމެލޫ ލުކާކޫ ތަނަވަސްކޮށްދިން ފުރުސަތެއްގައި، އޭރިއާ ރޮނގުކައިިރިން ފޮނުވާލި ބޯޅައަކުން މެކްޓޮމިނޭ ޖެހި ގޯލެކެވެ.
ފުރަތަމަ ހާފުގައި އެއް ގޯލުގެ ލީޑެއްގައި އޮވެ ނިންމާލި ނަޕޯލީން ދެ ވަނަ ހާފު ފެށިގެން 11 މިނިޓް ތެރޭ ދެ ވަނަ ގޯލު ޖެހި އެވެ. އެ ޓީމަށް މި ލަނޑު ޖަހައިިދިނީ، ލުކާކޫ އެވެ. މިއީ، އޮލިވޭރާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ހަމަޖެހިލައިފައި ލުކާކޫ ކާމިޔާބުކުރި ގޯލެކެވެ.
ދެ ވަނަ ގޯލު ޖެހިތާ ފަސް މިނިޓް ފަހުން، ނަޕޯލީން ވަނީ ތިން ވަނަ ގޯލެއް ޖަހައިފަ އެވެ. މެޗުގެ 61 ވަނަ މިނިޓްގައި މި ގޯލު ޖެހީ ވެސް މެކްޓޮމިނޭ އެވެ. މިއީ ވެސް ލުކާކޫ ދިން ބޯޅައަކުން ޖެހި ގޯލެކެވެ. މިއީ، މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ މިޑްފީލްޑަރު، މެކްޓޮމިނޭ މި ފަހަރު އިޓާލިއަން ލީގުގައި ޖެހި އަށް ވަަނަ ގޯލެވެ. މިއީ، ލީގު ސީޒަނެއްގައި އޭނާގެ ލަނޑުގެ ރެކޯޑް އެންމެ ރަނގަޅު ފަހަރެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment