ހުލާސާކޮށް އިއްޔެ: މުއިއްޒަށް ތަރައްގީ ނުކުރެވުނު ސިޓީ ޕާކް އާޒިމް ތަރައްގީކުރަން ފަށައިފި

15 އޭޕްރީލް 2025 - 01:15 0

ސިޓީ ޕާކު އަލަށް ތަރައްގީކުރާ ގޮތުގެ ކުރެހުމެއް.


ހުލާސާކޮށް އިއްޔެ: މުއިއްޒަށް ތަރައްގީ ނުކުރެވުނު ސިޓީ ޕާކް އާޒިމް ތަރައްގީކުރަން ފަށައިފި

15 އޭޕްރީލް 2025 - 01:15 0

ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭ މޭޔަރަކަށް ހުންނެވި ދުވަސްވަރު ތަރައްގީކުރަން ފެށި ނަމަވެސް އެއްވެސް މަސައްކަތެއް ކުރިޔަށް ނުގެންގޮސް ބާއްވާފައި އޮތް ގަލޮޅު ސިޓީ ޕާކް، އަލުން ތަރައްގީކުރުމުގެ މަސައްކަތް މިހާރުގެ މޭޔަރު އާދަމް އާޒިމް ފަށްޓަވައިފި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

ގަލޮޅު ސިޓީޕާކުގެ ހާޑްސްކޭޕިން މަސައްކަތް 30 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ ގޮތަށް ހަވާލުކޮށްފައި ވަނީ ހައިމަން ކޮންސްޓްރަކްޝަންއާ އެވެ.

މާލެ ސިޓީގެ މޭޔަރު، އާދަމް އާޒިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ މަސައްކަތް ހަވާލުކުރީ 1,828,491.84 ރުފިޔާއަށް ކަމަށެވެ. މެއި 10، ގެ ކުރިން މަސައްކަތް ނިންމަން ޖެހޭނެ އެވެ.

ގަލޮޅުގައި ޕާކެއް ތަރައްގީ ކުރަން ނިންމިކަން ރައީސް މުއިއްޒު އެންމެ ފުރަތަމަ އިއުލާނުކުރެއްވީ އޮކްޓޯބަރު 14، 2022، ގަ އެވެ.

މުހިއްމު ބައެއް ހަބަރު