14 އޭޕްރީލް 2025 - 05:05 0
މުހައްމަދު ޝަހްޒާން
ސައުދީ ފަންޑުގެ އެގްޒެކެޓިވް އޮފިސަރަށް، ޝަރަފުގެ އިއްޒަތް ރައީސް އަރުވަނީ -- ފޮޓޯ: ރައީސް އޮފީސް
14 އޭޕްރީލް 2025 - 05:05 0
ސައުދީ ފަންޑް ފޯ ޑިވެލޮޕްމެންޓުގެ ސީއީއޯ، ސުލްތާން ބިން އަބްދުއްރަހްމާން އަލް މުރްޝިދަށް ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތް މިއަދު އަރުވައިފި އެވެ.
މުރްޝިދަށް ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތް އެރުވީ ރައީސް އޮފީހުގައި މިއަދު ހެނދުނު އޮތް ހާއްސަ ރަސްމިއްޔާތެއްގަ އެވެ. އޭނާއަށް ޝަރަފުގެ އިއްޒަތް އެރުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ.
ރައީސް އޮފީހުން ބުނީ މުރްޝިދަށް ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތް އެރުވުމަށް ރައީސް މުއިއްޒު ނިންމެވީ ދިވެހި ރައްޔިތުންގެ ތަރައްގީއަށާއި ރައްޔިތުންގެ އާންމު ހާލަތު ކުރިއެރުވުމަށް ސައުދީ ފަންޑުން ވެދޭ އެހީތެރިކަމާއި ދޭ އެއްބާރުލުމުގެ އަގު ވަޒަން ކުރުމުގެ ގޮތުން ކަމަށެވެ.
ނިޝާން ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތް ނިސްބަތްވަނީ އައްސުލްތާން މުހައްމަދު ޝަމްސުއްދީނަށެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment