14 އޭޕްރީލް 2025 - 05:45 5
ލީވާން އަލީ ނާސިރު
ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް: އެކްސިޑެންޓުވި ދަރިވަރުގެ ހާލު ބެލީ ރައީސް މުއިއްޒު އަންގަވައިގެން ކަމަށް ވިދާޅުވި -- ފޮޓޯ: ފޮރިން މިނިސްޓްރީ
14 އޭޕްރީލް 2025 - 05:45 5
ޓްރެއިނިން މަތިންދާ ބޯޓެއްގެ ބުރަފަތީގައި ޖެހި ފިލިޕީންސްގައި ޕައިލެޓުކަން ކިޔަވާ ރާއްޖޭގެ ދަރިވަރެއް ކަމަށްވާ ހދ. ހަނިމާދޫ، އަބްދުލް މާނިއު ވަރަށް ބޮޑަށް ޒަހަމުވި ހާދިސާގައި އެ ދަރިވަރުގެ ހާލު ބެލީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިގެން ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.
ހަލީލް އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހާދިސާގެ ރިޕޯޓު ލިބުނު ވަގުތުން ފެށިގެން ރައީސް މުއިއްޒުގެ ލަފަޔާ އެއްގޮތަށް ސަރުކާރުން ދަނީ އެ ދަރިވަރުގެ ހާލު ވަރަށް ކައިރިން ބަލަމުން ކަމަށެވެ.
މާނިއުގެ ބައްޕަ އާމިރުއާ ފޯނުން ގުޅައި ހާލަތާ ގުޅޭ ގޮތުން ވާހަކަ ދައްކާލެވުނުކަން ފާހަގަކުރައްވާ ހަލީލް ވިދާޅުވީ އޭނާގެ މަންމަ އާއި ބޭބެއަށް މިހާރު ފިލިޕިންސަށް މިހާރު ދެވިފައިވާ ކަމަށެވެ. އަދި އޭނާގެ ހާލު ވެސް ރަނގަޅުވަމުން އަންނަ ކަމަށް ހަލީލް ވިދާޅުވި އެވެ.
"ފޮރިން މިނިސްޓްރީ، ހަޔާ އެޑިޔުކޭޝަން މިނިސްޓްރީ އަދި ސިވިލް އޭވިއޭޝަނުން ވެސް ގުޅުއްވާ ދަރިފުޅުގެ ހާލު އޮޅުންފިލުއްވި ކަމަށާއި, ސަރުކާރުން މިހާ ގާތުން މިކަން ބަލަމުން ގެންދާތީ އުފާކުރައްވާކަމަށް ވިދާޅުވި،" މިނިސްޓަރު ވިދާޅުވި އެވެ.
ފިލިޕީންސްގައި ކިޔަވާ އެހެން ދަރިވަރަކު އަދަދު އަށް ބުނީ އެ ހާދިސާ ހިނގީ މާނިއު އުދުއްސި ސެސްނާ-125 މަރުކާގެ ބޯޓު ލޭންޑުކޮށްފައި ބޯޓު ނިވައިނުލައި އޭނާ ފޭބި ވަގުތު އަނބުރައިގަނެގެން ގޮސް ބުރަފަތީގައި ޖެހުމުން ކަމަށެވެ.
އޭނާ ބުނީ އެންމެ ބޮޑު އަނިޔާއެއްވީ މާނިއުގެ މޫނަށް ކަމަށެވެ. ނަމަވެސް މާނިއުއަށް ވާހަކަދައްކާ ހެދޭ ކަމަށް އޭނާ ބުންޏެވެ.
މާނިއު ފިލިޕީންސްގައި ތައުލީމު ހާސިލު ކުރަމުން ދާތާ އެއް އަހަރާއި ތިން މަސްދުވަސްވަރު ވެއްޖެ ކަމަށް މި ނޫހަށް މައުލޫމާތު ދިން ދަރިވަރު ބުންޏެވެ.
0.00%
0.00%
100.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ޕިލިޕީންސް ކުއްޖާ
10 days ago
ހިތުން ވަރައް މޮޅު އެއްޗެއް މި ބުނީ.އެކަމަކު ދޭހަވަނީ ރައިސް ނު އަންގަންޔާ އެވަރު ކަމެއްވެސް އަމިއްލަ އައް ނުވެސް. ބަލަގަ ރައީސް ނުވަތަ ޖެހޭނޭ އަންގަންޔާ1. ފޮރިން މިރިސްޓަރަކައް ލައިފަ ތިހުރީ ކޮންމެސް ކަމެއް ވީމަ
ޢަލީބެ
10 days ago
ތިހާވަރަށް ބުނެވޭނީ ތިމާގެ ނާގާބިލުކަން.
ވޯލް
11 days ago
ރައީސް ނާންގަންޔާ ކަލޭގެ ނެތް ޒިންމާއެއް؟؟؟
ކަލީލު
11 days ago
ރައީސް މުއިއްޒު ނައަންގަވަންޏާ މަގާމުގެ ޒިންމާ ނަގަން ހަނދާންނެތެނީއޭތަ ތިޔަ ވިދާޅުވަނީ!؟
ޖަވާޒު
11 days ago
މިދެން ކިހާބޮޑު ނުހޮރޮއްޕާނެއް، ކަހާތަން ހިރުވާލަނީ ވެސް ރައީސް ބުނެގެންނޭ ކިޔާނެ. އަދި ނާގާބިލު ވެރިން
Comment