ހުލާސާކޮށް އިއްޔެ: ސިޔާސީ މުވައްޒަފުންގެ ސަބަބުން މުސާރައިގެ ހަރަދަށް 400 މިލިއަން ރުފިޔާ އިތުރުވުން

14 އޭޕްރީލް 2025 - 01:39 0

އާޓްވޯކް: އިސްމާއީލް އިމްދާދު


ހުލާސާކޮށް އިއްޔެ: ސިޔާސީ މުވައްޒަފުންގެ ސަބަބުން މުސާރައިގެ ހަރަދަށް 400 މިލިއަން ރުފިޔާ އިތުރުވުން

14 އޭޕްރީލް 2025 - 01:39 0

ދައުލަތުގެ ބަޖެޓުން މި އަހަރު މުސާރަ އާއި އިނާޔަތްތަކަށް ކުރި ހަރަދު 400 މިލިއަން ރުފިޔާ އިތުރުވެފައިވާ ކަމަށް މާލީ ހިސާބުތަކުން ދައްކައިފި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

ދައުލަތުން މުސާރައަށް ކުރާ ހަރަދު އިތުރުވެފައިވާ މައިގަނޑު ސަބަބަކީ ސިޔާސީ މުވައްޒަފުންގެ އަދަދު އިތުރުވުމެވެ.

ނޮވެމްބަރު 17، 2023 ގައި މި ވެރިކަން ފެށުނީއްސުރެ ސަރުކާރުން އައްޔަންކޮށްފައިވާ ޖުމްލަ ސިޔާސީ މުވައްޒަފުންގެ އަދަދު މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް އިދިކޮޅު ޕާޓީތަކުން ތުހުމަތުކުރާ ގޮތުގައި ސިޔާސީ މުވައްޒަފުންގެ އަދަދު 3،000 އަށް ވުރެ މައްޗެވެ.

ފިނޭންސް މިނިސްޓްރީން އިއްޔެ ނެރެފައިވަނީ މާޗު 20، އާ ހަމައަށް ކުރި ހަރަދާއި ލިބުނު އާމްދަނީގެ ހިސާބުތަކެވެ.

އެ މުއްދަތުގައި ދައުލަތުގެ ބަޖެޓުން މުސާރައާއި އިނާޔަތްތަކަށް ޖުމްލަ 2.62 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.

މިދިޔަ އަހަރުގެ މި މުއްދަތުގައި މިކަމަށް ބަޖެޓުން ހަރަދުވީ 2.22 ބިލިއަނެވެ. މިއީ ޖުމްލަ 404 މިލިއަން ރުފިޔާގެ ބޮޑުވުމެކެވެ. މުސާރައަށް އެކަނި ދިޔަ ހަރަދުވެސް ވަނީ 147 މިލިއަން ރުފިޔާއިން އިތުރުވެފަ އެވެ.

ހިންގުމާއި އެޑްމިނިސްޓްރޭޓިވް ހަރަދުތައް ވެސް ވަނީ އިތުރުވެފަ އެވެ. މި އަހަރުގެ މާޗު 20، އާ ހަމައަށް ހިންގުމާއި އެޑްމިނިސްޓްރޭޓިވް ހަރަދުތަކަށް ބަޖެޓުން ހޭދަކުރީ 4.56 ބިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރު މި މުއްދަތުގައި މިކަމަށް ހަރަދުކުރީ 4.38 ބިލިއަނެވެ.

މުހިއްމު ބައެއް ހަބަރު