13 އޭޕްރީލް 2025 - 15:37 2
13 އޭޕްރީލް 2025 - 15:37 2
އުފެއްދިތާ ތިން އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ސައިކަލު އަދި އުފެއްދިތާ ފަސް އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ކާރު ދިވެހިރާއްޖެއަށް އެތެރެ ކުރުން މަނާކޮށްފި އެވެ.
އުފެއްދިތާ ވަކި އަހަރެއްވެފައިވާ އުޅަނދުތައް އެތެރެ ނުކުރެވޭ ގޮތް ސަރުކާރުން ހެދީ އެއްގަމުގައި ދުއްވާ އުޅަނދުތައް ރަޖިސްޓްރީ ކުރުމުގެ ގަވާއިދަށް ގެނައި އިސްލާހަކުންނެވެ.
އެ އިސްލާހުގައިވާ ގޮތުން ދެން ރާއްޖެއަށް އެތެރެ ކުރެވޭނީ އުފެއްދިތާ ތިން އަހަރަށްވުރެ ގިނަ ދުވަސްވެފައިނުވާ ސައިކަލާއި އުފެއްދިތާ ފަސް އަހަރަށްވުރެ ގިނަ ދުވަސްވެފައިނުވާ ސައިކަލެވެ.
އޭގެ އިތުރުން ބައެއް އެހެން އުޅަނދު އެތެރެ ކުރުމަށް ވެސް ސަރުކާރުން ވަނީ ލިމިޓުތަކެއް ކަނޑައަޅައިފަ އެވެ. އެގޮތުން، ބަރު އުޅަނދު ދެން އެތެރެ ކުރެވޭނީ އުފެއްދިތާ ހަތް އަހަރު ހަމަނުވާ ނަމަ އެވެ. އެއީ އެއް ޓަނާއި ހަތަރު ޓަނާ ދެމެދުގެ އުޅަނދުތަކެވެ.
ހަތަރު ޓަނާއި 10 ޓަނާ ދެމެދުގެ އުޅަނދުތައް އެތެރެ ކުރެވޭނީ އުފެއްދި ތާރީހުން ފެށިގެން 10 އަހަރު ހަމަނުވާ ނަމަ އެވެ. ދިހަ ޓަނުން ފެށިގެން މަތީގެ އުޅަނދުތައް އެތެރެ ކުރެވޭނީ އުފެއްދިތާ 15 އަހަރު ހަމަނުވާ ނަމަ އެވެ.
"މި މާއްދާގެ ދަށުން ދިވެހިރާއްޖެއަށް އެއްގަމު އުޅަނދު އެތެރެކުރުމުގެ ހުއްދަ ދޫކުރެވޭނ،ީ މި މާއްދާގެ ކ. ގައި ބަޔާންކޮށްފައިވާ އުމުރު ހަމަނުވާ އުޅަނދުތަކަށް. އަދި މި އުމުރަށް ނުފެތޭ އެއްވެސް އުޅަނދެއް ދިވެހިރާއްޖެއަށް އެތެރެކުރުމަކީ މަނާ ކަމެއް،" ގަވާއިދަށް މިއަދު ގެނައި އިސްލާހުގައި ބުނެފައިވެ އެވެ.
ސައިކަލު ފިޔަވައި އެހެން އުޅަނދުތައް ރާއްޖެއަށް އެތެރެ ކުރުމުގެ ކުރިން ސަރުކާރުން ހުއްދަ ނަގަންޖެހޭ ގޮތަށް ވެސް ގަވާއިދު ވަނީ މިއަދު އިސްލާހުކޮށްފަ އެވެ.
މިއަދު ގެޒެޓު ކުރި އިސްލާހަށް އަމަލު ކުރަން ފަށާނީ މީގެ 90 ދުވަސް ފަހުންނެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެ ހިސާބުތަކުން ދައްކާ ގޮތުގައި މާލެ ސަރަހައްދުގައި 105،239 ސައިކަލު ދުއްވަ އެވެ. މާލެ ސަރަހައްދުގައި ދުއްވާ ކާރުގެ އަދަދު 7578 އަށް އަރަ އެވެ. މާލެ ސަރަހައްދުގައި ޖުމުލަ 120,714 އެއްހާ އުޅަނދު ދުއްވަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment