13 އޭޕްރީލް 2025 - 13:35 1
އަހުމަދު އާއިދު
މިސްކިތެއްގައި ކުޑަކުއްޖަކު ބެލެނިވެރިޔަކާއެކު ނަމާދު ކުރަނީ : ކުދިން މިސްކިތަށް އަހުލުވެރިކުރަން އައްޑޫ ސިޓީ ކައުންސިލުން ޕްރޮގްރާމެއް ހިންގަން ވަނީ ނިންމާފަ --- ފޮޓޯ: އަދަދު
13 އޭޕްރީލް 2025 - 13:35 1
ކުޑަކުދިން މިސްކިތަށް އަހުލުވެރިކުރަން އައްޑޫ ސިޓީ ކައުންސިލުން ހާއްސަ ޕްރޮގްރާމެއް ހިންގަން ނިންމައިފި އެވެ.
މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާ ކުރި އިއުލާނުގައި އައްޑޫ ސިޓީ ކައުންސިލުން ބުނީ، މިއީ މިސްކިތްތަކުގެ ޖަމާއަތް އިތުރުކުރުމާއި، އިސްލާމީ ރިވެތި އަހުލާގު ކުދިންގެ ހިތްތަކުގައި އަށަގެންނެވުމުގެ މަގުސަދުގައި މީދޫ އަވަށު އޮފީހާއި ޔޫސުފް ނާއިބް ފައުންޑޭޝަން ގުޅިގެން ހިންގާ ޕްރޮގްރާމެއް ކަމަށެވެ.
އެއް މަސްދުވަހަށް ކުރިއަށް ގެންދާ އެ ޕްރޮގްރާމުގައި ވުލޫކުރަން ދަސްކޮށްދީ، ނަމާދުގައި ކިޔާ އެއްޗިއްސާއި ހަރަކާތްތަކުގެ އިތުރުން އިސްލާމީ އަދަބުތައް ކުދިންނަށް ދަސްކޮށްދޭނެ ކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ.
އެ ޕްރޮގްރާމުގައި އުގަންނަވައިދޭނީ މީދޫގެ މިސްކިތްތަކުގެ އިމާމުންނާއި ޝެއިހުންނެވެ.
އެ ޕްރޮގްރާމުގައި ބައިވެރިވާނީ ހަތް އަހަރާއި 16 އަހަރާ ދެމެދުގެ ފިރިހެން ކުދިން ކަމަށް ވެސް ސިޓީ ކައުންސިލުން ބުނެފައިވެ އެވެ.
ޕްރޮގްރާމުގައި ކުދިން ބައިވެރިކުރުމަށް މި މަހު 30 ގެ ކުރިން 7786362، 7789041، ނުވަތަ 9954042 އަށް ގުޅައިގެން ނަން ނޯޓު ކުރުމަށް ވެސް އެ އިދާރާއިން އެދިފައިވެ އެވެ.
Comment